މާލޭ ގެއެއްގެ ވައިގޮޅީގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭގެ ގެއެއްގެ ވައިގޮޅިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ވައިގޮޅީގެ ތެރޭގައި މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ވަނީ ފުލުހުން "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނެފައި ވަނީ މިއަދު ހެނދުނު 10:10 އެހާކަންހާއިރު ގަލޮޅު ގެއެއްގެ އެއްވަނަ ފަންގިފިލާގެ ވައިގޮޅީގައި، މީހަކު މަރުވެފައިވާ އޮއްވައި ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މަރުވެފައި ވަނީ ޒުވާން ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް