ނުވަވަނަ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލާއަކަށް އައިޝަތު ރިޝްމީ ހޮވި އޭނާގެ ވިޝްލިސްޓް ފުރިހަމަކޮށްފިއެވެ.
މިރޭ އޮލިމްޕަހުގައި ބޭއްވި ނުވަވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެވޯޑް ދީފައިވަނީ 2017 ވަނަ އަހަރާއި މިދިޔަ އަހަރު ރިލީޒްކޮށްފައިވާ ފިލްމުތަކަށެވެ.
ރިޝްމީގެ 34 ވަނަ އުފަންދުވަހު، ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގައި "ވިޝްކާ"އިން ބެސްޓް އެކްޓްރެސްގެ އެވޯޑު އޭނާއަށް އެ ފިލްމުން ސާކް ފިލްމް އެވޯޑްސް 2017 އިން އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނެވެ.
ރިޝްމީއަށް މި އެވޯޑް ލިބުމާއެކު އޭނާގެ ވިޝްލިސްޓުގައި ހުރި ހުރިހާކަމެއް ފުރިހަމަވެއްޖެކަމަށް އޭނާ ބުންޏެވެ.
ރިޝްމީއަށް މި އެވޯޑް ލިބުނުއިރު އޭނާ އާ އެންމެ ގާތުން ވާދަކުރި ތަރިންނަކީ މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ އަދި ނުޒުހަތު ޝުއައިބުއެވެ. މިދިޔަ އެވޯޑް ހަފްލާގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ މަޖުދާއަށެވެ.
މިރޭގެ އެވޯޑް ހަފްލާގައި ވިޝްކާ އަށް ވަނީ ގިނަ އެވޯޑްތަކެއް ލިބިފައެވެ.