ޗައިނާއަށް ސަޕޯޓްކުރާ ކަމަށް ބުނެ ހޮންގްކޮންގެ މުޒާހަރާކުރާ މީހުން، މީހަކު އަންދާލައިފި

ހޮންގްކޮންގްގެ މުޒާހަރާކުރާ މީހުން ތަނެއްގައި އަލިފާން ރޯކުރަނީ-- ފޮޓޯ: ރޮއިޓާސް

ޗައިނާއަށް ސަޕޯޓްކުރާ ކަމަށް ބުނެ ހޮންގްކޮންގެ މުޒާހަރާކުރާ މީހުންތަކެއް މީހަކު އަންދާލައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަގޮތުގައި ހޮންގްކޮންގްގެ މީހަކާ މުޒާހަރާކުރާ މީހުންތަކަކާ ދެމެދު ޒުވާބުކުރާތަން ފެނެ އެވެ.

އެގޮތުން "އަހަރެމެން އެންމެންނަކީ ވެސް ޗައިނާ މީހުންކަމަށް" ހޮންގްކޮންގްގެ މީހަކު ބުނި ހިސާބުން މުޒާހަރާކުރަން ތިބި ބަޔަކު ވަނީ ރުޅި ކޮންޓްރޯލް ނުވެ، އެމީހާގެ ގަޔަށް ދިޔާ އެއްޗެއް އަޅައި ރޯކޮށްލައިފަ އެވެ.

އިއްޔެ އެ ހާދިސާ ހިނގި އިރު މުޒާހަރާ ކުރާ ގިނައަދަދެއްގެ މީހުން ތިބީ މާސްކު އަޅައިގެންނެވެ.

ރޯވި މީހާއަށް ފަހުން ވީ ކީއްކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

ހޮންކޮންގެ ސަރުކާރުން ޕާލަމެންޓަށް ހުށަހެޅި އެކްސްޓްރެޑިޝަން ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން ސިލްސިލާ މުޒާހަރާތައް މިހާރު ކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެ ބިލް އަނބުރާ ގެނައި ނަމަވެސް މުޒާހަރާތައް ހުއްޓުމަކަށް އަދި ވެސް ނާދެ އެވެ.

މުޒާހަރާ މީހުން މިހާރު އެދެމުން ދަނީ ފުލުހުން އެ މީހުންނާ މެދު އަމަލުކޮށްފައިވާ އަނިޔާވެރި ކަންތައްތައް ބަލައިދިނުމަށެވެ.

ޗައިނާއަށް ސަޕޯޓްކުރާ ހޮންގްކޮންގްގެ ޕާލިމަންޓް މެމްބަރަކަށް މިދިޔަ ހަފްތާގައި ވަނީ ވަޅިން ވެސް ހަމަލާދީފަ އެވެ.

އާރުޓީ

comment ކޮމެންޓް