ރައީސްގެ ދެކަނބަލުން އިމްޕަރމަނަންސް ސޯލޯ އާޓް އެގްޒިބިޝަން ބައްލަވާލައްވައިފި

ސޯލޯ އާޓް އެގްޒިބިޝަން “އިމްޕަރމަނަންސް" ބައްލަވާލައްވަން ރައީސްގެ ދެކަނބަލުން ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ ސޯލޯ އާޓް އެގްޒިބިޝަން “އިމްޕަރމަނަންސް"، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބައްލަވާލައްވައިފިއެވެ.

މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގައި ކުރިޔަށްދާ އެ މައުރަޒަކީ ތަޖުރިބާކާރު އާޓިސްޓް، އަހްމަދު އާމިރުގެ އުފެއްދުންތައް ދައްކުވައިދޭ މައުރަޒެކެވެ.

ގިނަ އަދަދެއްގެ ފޮޓޯ ހިމެނޭ އެ މައުރަޒުގައި ބައިވެރިކޮށްފައިވާ ބައެއް އުފެއްދުންތައް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.

އެގޮތުން ވިއްކާ ބައެއް އުފެއްދުންތަކުގެ ތެރޭގައި ރާއްޖޭގެ ނާޒުކު ތިމާވެށީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ތިމާވެއްޓާ ރައްޓެހި ފޮތި ކޮތަޅާއި ނޯޓުފޮތާއި ޕެންސިލް ކޭސް އަދި ބުކްމާކް ފަދަ ތަކެތި ހިމެނެ އެވެ.

comment ކޮމެންޓް