އުމްރާވެރިންގެ އަތުން ރިޕީޓާސް ފީ ނެގުން ހުއްޓާލައިފި

އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ފުރަނީ-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

އުމްރާ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދާ އުމްރާވެރިންގެ ވިސާ ޖެހުމަށް ނަގާ އަގުތަކަށް ސައުދީގެ ކަމާބެހޭ މުއައްސަސާތަކުން ބަދަލު ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީގެ ކުރިން އުމްރާގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކުގެ އަތުން ރިޕީޓާސް ފީގެ ނަމުގައި ނަގަމުން އައި 2000 ރިޔާލު (8240 ރުފިޔާ) ނުނަގާގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން ދެން ވިސާ ފީގެ ގޮތުގައި ހުރިހާ އުމްރާވެރިންގެ އަތުން ނަގާނީ 300 ރިޔާލު (1236 ރުފިޔާ) އެކަނި ކަމަށާއި މީގެ އިތުރުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ނަމަވެސް، ތަފާތު އެޖެންޓުން މެދުވެރިކޮށް ވިސާ ނަންގަވާއިރު އެފަރާތްތަކުން ދޭ ހިދުމަތްތަކާ ގުޅިގެން އެފަރާތްތަކުން އިތުރު ފައިސާ ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންނަމަވެސް އެއީ ސައުދީ އަރަބިއްޔާގެ ސަރުކާރުން އަންގައިގެން ނަގާ ފީތަކެއް ނޫންކަމަށްވެސް ސައުދީ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

comment ކޮމެންޓް