ހިލޭ ކަކުލު ހުޅު ބަދަލުކުރުމުގެ 100 ވަނަ އޮޕަރޭޝަން އައިިޖީއެމްއެޗްގައި ކޮށްފި

ހިލޭ ކަކުލު ހުޅު ބަދަލުކުރުމުގެ ހިދުމަތް ދޭން ފެށިފަހުން އައިޖީއެމްއެޗްގައި 100 ވަނަ އޮޕަރޭޝަން ކުރި މީހާގެ ހާލު ފައިސަލް ބައްލަވަނީ--- ފޮޓޯ: ރައީސް އޮފީސް

އާސަންދަ މެދުވެރިކޮށް ހިލޭ ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންކުރެވޭ އިންތިޒާމު ހަމަޖެއްސި ފަހުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި 100 ވަނަ އޮޕަރޭޝަންކޮށްފިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ އެ އޮޕަރޭޝަންގައި ބައިވެެރިވި ދެ ޑޮކްޓަރުން ކަަމަށްވާ ޑރ. ހުސެއިނ ފައިސަލްއާއި ޑރ. އިސްމާއިލް ޒާހިރުއާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. އޭގެ އިތުރުން އޮޕަރޭޝަންކޮށްފައިވާ ބަލިމީހާއާވެސް ބައްދަލުކުރައްވައި އަވަސް ޝިފާއަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނުގެ ހިދުމަތް އަވަސްކޮށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ގޮތުން، އައިޖީއެމްއެޗުން ރިފާކޮށްގެން މެޑިކާ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުގައިވެސް އެ އޮޕަރޭޝަން ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އޮޕަރޭޝަނުގެ އަގަކީ 65،000 ރުފިޔާއެވެ. އަދި މި އަގު އާދަންސައިން ފުރިހަމައަށް ކަވަރުކޮށްދޭ އިރު، މެޑިކާ އަދި ޓްރީޓޮޕްގައިވެސް އޮޕަރޭޝަން ކުރުމަށް އާސަންދައިގެ ކަވަރޭޖް ލިބެއެވެ.

comment ކޮމެންޓް