އަޒޫ ފިލްމުކުޅުން ހުއްޓައެއް ނުލާ، އެނބުރި އަންނަނީ ހާސާ އިން

ސްޓައިލޯ ސެލޫންފެ މޭކަޕެއްގައި އަޒޫ---

ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ ވިހެއުމާ ހަމައަށް ވެސް ބެލުންތެރިން ހީކޮށްގެން ތިބީ އޭނާ ފިލްމީދާއިރާ އިން އެއްކޮށް ގެއްލުނީ ކަމަށެވެ.

ނަމަވެސް އެކަން ދޮގުކޮށް އޭނާގެ ފޭނުން ހެއްވާލުމަށް ފަހު މިވަނީ އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓް ހާމަކޮށްފަ އެވެ. އެ ކަމުން އޭނާ މި ދާއިރާއިން ދުރަށް ނުދާކަން ހާމަވެގެންދެ އެވެ.

އިންސްޓަގްރާމްގައި "އާސްކް މީ އަ ކުއެޝަން"ގައި އެންމެ އަވަހަށް ފިލްމަކުން ފެންނާނީ ކޮން އިރަކުންތޯ ކަމަށް ބުނެ އަޒޫ އަށް އޭނާގެ ފޭނަކު ވަނީ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެމުން އަޒޫ ބުނީ އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ބައިސްކޯފް އެޕްލިކޭޝަނުން ގެނެސްދޭ ޑްރާމާ ސީރީޒް "ހާސާ" އިން ކަމަށެވެ.

އެ ޑްރާމާގައި އޭނާ ލީޑު ރޯލުން ފެނިގެންދާއިރު އެ ޑްރާމާ އަންނާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

ފިލްމީތަރި އަހުމަދު ސައީދު އާ ކައިވެނިކޮށްގެން އަޒޫ އަށް ވަނީ މިދިޔަ މެއި މަހު އަންހެން ކުއްޖެއް ލިބިފަ އެވެ. އެ ދަރިފުޅަކީ އަޒޫގެ އަލަތު ދަރިފުޅެވެ. ސައީދު މީގެ ކުރިން ކައިވެންޏެއްކޮށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ހުރެ އެވެ.

ސައީދާއި އަޒޫގެ ކައިވެނިކުރީ 2016 ވަނަ އަހަރު އެވެ.

comment ކޮމެންޓް