ހައްދުފަހަނައެޅުން ހުއްޓުވުމާ ގުޅޭ އެކްޝަން ޕްލޭނު ހަދަން ހިޔާލު ހޯދަނީ

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު --- ސަންފޮޓޯ ފަޔާޒު މޫސާ

ރާއްޖޭގައި ހައްދުފަހަނައެޅުން ފެތުރުން ހުއްޓުވުމާ ގުޅޭ ނޭޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައި، އޭގައި ހިމަނަންޖެހޭ ކަންތައްތަކާ މެދު ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ "ނޭޝަނަލް ސްޓްރެޓެޖީ އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވައިލެންޓް އެކްސްޓްރީމިޒަމް"ގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ދާއިރާތަކުން ގުޅިގެން އެކްޝަން ޕްލޭނެއް ހެދުމުގެ މަސައްކަތް ވަނީ މިހާރު ފަށާފައި ކަމަށެވެ.

އެ ސެންޓަރުން ބުނެފައިވަނީ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރިއަށްދާނެ ގޮތެއްގެ މަތީން ދައުލަތުގެ އިދާރާތަކާއި މުޖުމައާ ގުޅިގެން އެކްޝަން ޕްލޭން ތައްޔާރުކުރާނެ ކަމަށެވެ.

އެ އެކްޝަން ޕްލޭން އެކުލަވާލުމުގައި ހިމަނަން ޖެހޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

އެކްޝަން ޕްލޭން ތައްޔާރުކުރާއިރު އެއަށް ބޭނުންވާ ހިޔާލުތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 އެވެ. ޚިޔާލު ހުށަހަޅާނީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެންނެވެ.

comment ކޮމެންޓް