އާނޯލްޑުގެ "ޓާމިނޭޓާ"އަށް ފިނި ތަރުހީބެއް!

ޓާމިނޭޓާ - ޑާކް ފޭޓް ގެ ޕޯސްޓަރެއް --

ކުރީގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝްވާޒެނޭގާ ފެނިގެންދާ "ޓާމިނޭޓާ" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު "ޑާކް ފޭޓް" އަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ.

ޓާމިނޭޓާގެ އެންމެ އިންތިޒާރުކުރެވޭ އެއް ފިލްމު ކަމަށްވާ ޑާކް ފޭޓު މިދިޔަ ހަފްތާ ބަންދުގައި އަޅުވާފައިވާ އިރު ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ޓާމިނޭޓާ އަށް ލިބިފައިވަނީ 12.3 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އެހާ ބޮޑު ފްރެންޗައިޒްއަކާ ބަލާފައި އެ އަދަދަކީ ވަރަށް ދަށް އަދަކެވެ.

އެ ފިލްމަށް ކުޑަ އާމްދަނީއެއް ލިބުމުގެ ފަހަތުގައި ބޮޑެތި ސަބަބުތަކެއް އެބަހުއްޓެވެ. އެމެރިކާގެ އިތުރުން އެ ފިލްމު އަޅުވާފައި ވަނީ އެންމެ 10 ސަރަހައްދެއްގައި ކަމަށް ވުން އެއީ އާމްދަނީ ކުޑަވުމުގެ ފަހަތުގައިވާ ސަބަބެކެވެ.

ޑާކް ފޭޓް އަކީ ޓާމިނޭޓާގެ ފިލްމެއް 1991 ވަނަ އަހަރު ނެރުނު ފަހުން އެންމެ ގިނަ ބަޔަކު ބަލަން ބޭނުންވި ޓާމިނޭޓާގެ ފިލްމެވެ.

ދާދި ފަހުން ވެސް ވަނީ ޓާމިނޭޓާގެ ފިލްމެއް ނެރެފަ އެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައި ވަނީ އެމީލިއާ ކްލާކް އާއި ޖޭ ކޯޓްނީ އެވެ. އެ ފިލްމު ވެގެން ދިޔައީ ބޮޑު ފްލޮޕަކަށެވެ.

ޑާކް ފޭޓަށް ބޮޑު އާމްދަނީއެއް ލިބިފައި ނުވި ނަމަވެސް ފޭނުންނަށް އެ ފިލްމު ވަނީ ކަމުގޮސްފަ އެވެ. އެގޮތުން އެ ފިލްމަށް ލިބެމުން ދަނީ ރަނގަޅު ރިވިއުތަކެކެވެ.

comment ކޮމެންޓް