ސުނިލް ޝެޓީގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޝޫޓިން ފަށައިފި

ސުނިލް ޝެޓީ --

ބޮލީވުޑްގެ ތަރި ސުނިލް ޝެޓީއަށް ހޮލީވުޑްގެ ބޮޑު ފިލްމެއް ކުޅުމުގެ ފުރުސަތުލިބި އެ ފުރުސަތުގެ ބޭނުން ހިފައި އެ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

ސުނިލް ފެނިގެންދާނީ ހޮލީވުޑް ފިލްމެއް ކަމަށްވާ "ކޯލް ސެންޓާ" އިންނެވެ. އެ ފިލްމުގައި ސުނިލް ފެނިގެންދާނީ އިންޑިއާ ފުލުހެއްގެ ރޯލުންނެވެ.

ފިލްމުގެ ޝޫޓިން އިންޑިއާ ހިސާބުގައި ނެގުމަށް ނިންމާފައިވާއިރު އެ ފިލްމުގެ ޝޫޓިން ފެށީ އިންޑިއާގެ ހައިދަރްއާބާދުގަ އެވެ. އެ ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ކޯލް ސެންޓަރުގައި ސުނިލް ފެނިގެންދާނީ ސިކު ފުލުހެއްގެ ރޯލުންނެވެ. އެ ފިލްމުގައި އިންޑިއާގެ އިތުރުން އެމެރިކާ އެކްޓަރުން ކާސްޓުގައި ހިމެނެ އެވެ.

އިންޑިއާގެ ކޯލް ސެންޓަރެއްގައި މަސައްކަތް ކުރާ ހަތަރު މީހަކު އެމެރިކާ ކުންފުންޏަކަށް މަކަރު ހަދާ ގިނަ އަދަދެއްގެ ޑޮލަރު ހޯދާ ގޮތް ފިލްމުން ފެނިގެންދާނެއެވެ. ހިންދީގެ އިތުރުން މި ފިލްމު ތެލެގޫ ބަހުން ވެސް ޑަބްކުރުމަށް ވަނީ ނިންމައިފަ އެވެ.

ސުނިލް ޝެޓީ ވަނީ ދާދި ފަހުން ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ޔޫތު މިނިސްޓްރީން ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް