ޓޮޕް މޮޑެލް މޯލްޑިވްސް މިފަހަރު ސާނިޔާއަށް!

ޓޮޕް މޮޑެލް މޯލްޑިވްސް ކާމިޔާބުކުރި ސާނިޔާ އަހުމަދު --- ފޮޓޯ : ސާނިޔާ / ފޭސްބުކް

މަޝްހޫރު "ޓޮމް މޮޑެލް" ފްރެންޗައިޒްގެ ދަށުން ހީ އެން ޝީ އިން ބާއްވަމުން އަންނަ "ޓޮމް މޮޑެލް މޯލްޑިވްސް"ގެ ދެވަނަ ބުރު، ސާނިޔާ އަހުމަދު ކާމިޔާބުކޮށްފި އެވެ.

މި އަހަރުގެ ޓޮޕް މޮޑެލް ކާމިޔާބު ކުރި ސާނިއާއަކީ އިންސްޓަގްރާމް މޮޑެލް އެކެވެ. އޭގެ އިތުރުން އޭނާއަކީ ލަވަކިޔުންތެރިއެއް ވެސްމެ އެވެ. ޓޮޕް މޮޑެލްގެ މަގާމު އޭނާ ހޯދީ އާދިއްތަ ދުވަހު ބޭއްވި މުބާރާތުންނެވެ.

ޓޮޕް މޮޑެލް ކާމިޔާބުކުރުމުން، ރާއްޖެއިން ބޭރުގައި ބާއްވާ ބޮޑެތި ފެޝަން ޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތު ސާނިއާއަށް ލިބިގެންދާނެ އެވެ.

ރާއްޖޭގައި ތިބި މޮޑެލް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޓޮޕް މޮޑެލް މޯލްޑިވްސްގެ ދެވަނަ ބުރުގައި ޒުވާން އަންހެނުންނާއި ފިރިހެނުން ވަނީ ބައިވެރިވެފަ އެވެ.

އެކި ހަފްތާތަކުގެ މަތީން ކުރިއަށްދިޔަ ޓޮޕް މޮޑެލް މޯލްޑިވްސްގައި ބައިވެރިންގެ ހުނަރުތައް ވަނީ ޓެސްޓްކޮށްފަ އެވެ. އެގޮތުން ޕްރޮފެޝަނަލް ފޮޓޯތަކަށް ތައްޔާރުވާނެގޮތާއި ބަހައްޓާނެ ފޯޒްތައް ވެސް ވަނީ އެ މުބާރާތުން ޓެސްޓުކޮށްފަ އެވެ.

މި އަހަރުގެ ޓޮޕް މޮޑެލް މޯލްޑިވްސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރަށްވުރެ ތަފާތުކޮށެވެ. އެގޮތުން ޓޮޕް މޮޑެލްގެ އިތުރުން ވެސް ތިން ބައިވެރިޔަކު ވަނީ އެ މުބާރާތުގައި ހޮވަ އެ ތިން ބައިވެރިންނަކީ ރާއްޖެއިން ބޭރުގައި ތަމްސީލުކުރާނެ ފަރާތްތަކެވެ.

އިތުރަށް ހޮވާފައި ވަނީ މިސްޓަރު އާއި މިސް ބްރިޓިޝް އެމްޕަޔާ އަދި މިސްޓަރ މާއުނގޫދޫ މޯލްޑިވްސް އެވެ. އެފަރާތްތަކަކީ :

މިސްޓަރު ބްރިޓިޝް އެމްޕަޔާ – އަބްދުﷲ ނަބީލް

މިސް ބްރިޓިޝް އެމްޕަޔާ – މަރިޔަމް ލައިސާ

މިސްޓަރު މާއުނގޫދޫ މޯލްޑިވްސް – ޒައިނުއްދީން ޒިދާން

އެ ތިން ޒުވާނުން ވަނީ ބްރިޓިޝް އެމްޕަޔާ ޕެޖެންޓްގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށް ފުރައިފަ އެވެ.

comment ކޮމެންޓް