"ހީ އެންޑް ޝީ" އިން ރާއްޖޭގައި ބައްވާ "ޓޮޕް މޮޑެލް މޯލްޑިވްސް"ގެ ދެވަނަ ބުރު ފަށައިގެން ކުރިއަށް އެބަ ދެއެވެ.
ރާއްޖޭގައި ތިބި މޮޑެލް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޓޮޕް މޮޑެލް މޯލްޑިވްސްގެ ދެވަނަ ބުރުގައި މިފަހަރު އަށް ބައިވެރިން ހިމެނެއެވެ.
މޮޑެލް ކުރަން ބޭނުންވާ އަންހެނުންނާއި ފިރިހެނުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ތިން ފިރިހެން ބައިވެރިންނާއި ފަސް އަންހެން ބައިވެރިން ހިމެނެއެވެ.
މިފަހަރުގެ ޓޮޕް މޮޑެލް މޯލްޑިވްސްގެ ބައިވެރިންނަކީ:
- ސާނިޔާ އަހުމަދު
- ފާތިމަތު ލީނާ
- އައިމިނަތު ޝަހުމާ
- މަރިޔަމް ލައިސާ
- ރުގިއްޔާ ހައިފާ
- އަބްދުﷲ ނަބީލު
- އަހުމަދު ސަމީހު
- ޒައިނުއްދީން ޒިދާން
ޓޮޕް މޮޑެލް މޯލްޑިވްސްގައި ބައިވެރިންނަށް ރަންވޭ ވޯކްތަކާއި މޮޑެލްތައް ފޮޓޯއަށް ހުއްޓޭނެ ގޮތްފަދަ ކަންތައްތައް ކިޔައިދީ އެކަންތައްތަކުން މާކްސް ނަގާނެއެވެ.
ޓޮޕް މޮޑެލް އިން ހޮވާލެވޭ ބައިވެރިންނަށް ބައިނަލްއަގުވާމީ ފެޝަން ޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ހީ އެންޑް ޝީ އިން ބާއްވާ އިވެންޓުތަކުގައިވެސް އެ ފާރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިހާރު ކުރިއަށް ދަނީ ބައިވެރިންގެ ތެރެއިން އެންމެ ހުނަރުވެރި މޮޑެލް ހޮވުމުގެ މަސައްކަތެވެ. އެގޮތުން އެންމެ ހުނަރުވެރި ބައިވެރިޔަކު ހޮވުމަށް މިހާރު ވަނީ ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ޓޮޕް މޮޑެލް މޯލްޑިވްސްގެ ފުރަތަމަ ބުރު ކާމިޔާބުކޮށްފައިވަނީ ޖަމްޝީދާ ޖަމްޝާދެވެ.