ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ފެން ބިލްޑިންއަށް ބަދަލުކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ: --- ސަން ފޮޓޯ ފަޔާޒު މޫސާ

މަތީ ތައުލީމުގެ އެންމެހާ ކަންތައްތައް ބަލާ ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގާ އިމާރާތް ފެން ބިލްޑިންގްއަށް ބަދަލުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާންއެއްގައި ބުނީ މިއަދުންގެ ފެށިގެން އެ މިނިސްޓްރީ ހިނގަމުންދާނީ އަމީނީ މަގުގެ ފެން ބިލްޑިންގްގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.

މީގެ ކުރިން އެ މިނިސްޓްރީ ހިންގަމުންދިޔައީ ވެލާނާ އޮފީސް ބިލްޑިންގްގައެވެ.

އެ މިނިސްޓްރީ ފެން ބިލްޑިންގްއަށް ބަދަލުވުމާއެކު އެ މިނިސްޓްރީއަށް ގުޅޭ ފޯން ނަންބަރުވެސް ވަނީ ބަދަލުވެފައެވެ.

މިއަދުން ފެށިގެން ހަޔާ އެޑިއުކޭޝަނަށް މިނިސްޓްރީއަށް ގުޅެނީ 3026955 ނަމްބަރާއި 3026966 ނަމްބަރުންނެވެ. އޭގެ އިތުރުން މިނިސްޓްރީގެ ހޮޓްލައިންގެ ގޮތުގައި ހަމަޖައްސާފައި ވަނީ 7311474 ނަންބަރެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވުމަށްފަހު އުފެއްދި އާ މިނިސްޓްރީއެކެވެ. މީގެ ކުރިން މަތީ ސާނަވީ ތައުލީމުގެ އެންމެހާ ކަންތައްތައްވެސް ކުރަމުންދިޔައީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުންނެވެ.

comment ކޮމެންޓް