އަދާލަތު ޕާޓީން މިނިސްޓަރު މަހުލޫފާ ބައްދަލުކުރައްވައިފި

މިނިސްޓަރު އަހުމަދު މަހުލޫފާއި އަދާލަތު ޕާޓީގެ މެމްބަރުންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ : ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަދާލަތު ޕާޓީން މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ބައްދަލުވުން ބާއްވާފައިވަނީ ޔޫތު މިނިސްޓްރީގައެވެ.

އެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ފަރާތުން ވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްއެންޑީއެން) އިން ނެރުނު ރިޕޯޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާ ކުރައްވާފައެވެ.

އަދާލަތު ޕާޓީން ޔޫތު މިނިސްޓަރާ ބައްދަލުކުރެއްވީ އެ މިނިސްޓްރީއަކީ މަދަނީ ޖަމިއްޔާތައް ރެޖިސްޓްރީ ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާތީއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް އަދާލަތު ޕާޓީން ވަނީ މިމަހު ކުރީކޮޅު ނިންމާފައެވެ.

އަދާލަތު ޕާޓީ އިން ކުރީން ބުނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެ ޕާޓީ އިން ކަންބޮޑުވާ ކަންތައް ފާހަގަކޮށް އެ ޖަމްއިއްޔާ އާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހުމަދު މަހުލޫފް އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ބައްދަލު ކުރުމަށް އެ ޕާޓީ އިން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް