ޖަސްޓިސް ބިލްޑިންގުގެ އޭސީގެ އައުޓްޑޯ އެއް ވަގަށް ނަގައި އެ ވިއްކަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ޖަސްޓިސް ބިލްޑިންގައި ހަރުކޮށްފައިހުރި އޭސީ އެއްގެ އައުޓްޑޯ ޔުނިޓް ވަގަށް ނައްޓާލައިގެން އެ ވިއްކަން ބާޒާރުމަތީގައި އުޅުނު ދެ މީހަކު މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭސީ އައުޓްޑޯ ޔުނިޓްގެ ފޮޓޯއަކާ އެކު ފުލުހުން ކުރި އެ ޓްވީޓުގައި ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ 45 އަހަރުގެ މީހަކާއި 50 އަހަރުގެ ދެ ދިވެހިން ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 6:59 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.