ބިދޭސީއެއްގެ ވޮލެޓު ފޭރިގަތް ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެއެވެ.
ފުލުހުން ބުނީ ބިދޭސީއެއްގެ ވޮލެޓު ފޭރުނު ކަމުގެ ތުހުމަތުގައި ރޭ 19:00 ހާއިރު 29 އަހަރާއި 30 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނުނީ އެތަނުން 30 އަހަރުގެ މީހާ ބަލައިފާސްކުރި އިރު އެވެ.
ބިދޭސީ މީހާގެ ވޮލެޓު ފޭރިގަތީ އޭނާ މަޖީދީމަގު އޯޑިއޯން ކައިރީގައި ހުއްޓާ، އެ ދެމީހުން ސައިކަލެއްގައި ދަމުންނެވެ.
ފޭރުނު ވޮލެޓު މުތީގޯޅި ކާނުގަނޑެއްގެ ތެރެއިން ފެނުނު އިރު، އެ ދެމީހުން ދުއްވި ސައިކަލު ތަހުގީގުގެ ބޭނުމަށް ޓޯކޮށްފައި ވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.