ސީއެސްސީގެ ނައިބު ރައީސް ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށައިފި

ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދު-- ފޮޓޯ: ރައީސް އޮފީސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުހައްމަދު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ ޝަހީދުު ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލައެއް މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީއިން ކުރިއަށް ގެންދަން ބޭނުން ވާތީ، އެކަން ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުވައްސަަސާތަކުގެ ކޮމެޓީ އަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކުރެއްވި އެވެ.

ޝަހީދު ވަކިކުރުމަށް މީގެ ކުރިންވެސް ވަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

އޭރު އެ މައްސަލަ ހުށަހަޅާފައިވަނީ ޝަހީދު މުވައްޒަފުންގެ ހައްގަށް އަރައިގަނެފައިވާ ކަމަށް ބުނެ އެވެ.

ޝަހީދުު ސީއެސްސީ އަށް އައްޔަނުކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.

ޝަހީދުުުގެ އިތުރުން ސީއެސްސީގައި ދެން ތިއްބަވަނީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ޒަކަރިއްޔާ ހުސައިންގެ އިތުރުން އިބްރާހިމް ޝަހީގު އަދި ފާތިމަތު އާމިރާ އެވެ.

comment ކޮމެންޓް