އަމީތާބުގެ "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކެއް ހަދަނީ

ފިލްމުގެ ޕޯސްޓަރެއް---

ނަވާރަސަތޭކަ އަށްޑިހަ ދެވަނަ އަހަރު ނުކުތް އަމީތާބު ބައްޗަންގެ ފިލްމު "ސައްތޭ ޕޭ ސައްތާ"ގެ ރީމޭކެއް ހަދަން ނިންމައިފިއެވެ.

އެ ފިލްމުގެ ރީމޭކްގެ އަންހެން ލީޑުކުޅުމަށް މިހާރު ވަނީ ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާއަށް ހުށައަޅައިފައެވެ. އަދި ފިރިހެން ލީޑު ކުޅޭނީ ބޮލީވުޑްގެ ކާމިޔާބު ތަރި ރިތިކް ރޯޝަން ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

އަނުޝްކާ މިހާރު އެ ފިލްމުކުޅުމަށް އެއްބަސްވެފައިވާ ކަމަށާއި އަދި ފިލްމު 2021 ވަނަ އަހަރުގެ ކުރީކޮޅު ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ރިތިކް އެންމެ ފަހުން ފެނިގެންދިޔައީ "ވޯ" އިންނެވެ. އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ ޝާހްރުކްޚާން އާ އެކު "ޒީރޯ" އިންނެވެ.

ރިތިކް މި ފިލްމު ކުޅެން އެއްބަސްވެއްޖެނަމަ މި ފިލްމުވެގެންދާނީ އަނުޝްކާ އާއި ރިތިކް ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ފިލްމާ ބެހޭ ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައިނުވާއިރު ހަބަރުތައް ބުނާގޮތުގައި އަވަސް މުސްތަގްބަލެއްގައި ފިލްމު އިއުލާންކުރާނެއެވެ.

comment ކޮމެންޓް