ލޯންޗަކަށް ހޮނުއަޅައި ގެއްލުންތަކެއް ލިބިއްޖެ

ހޮނު އެޅި ލޯންޗް ކަފުޖަހައިގެން ތުލުސްދޫއަށް ގެންދަނީ--- ފޮޓޯ: ފުލުހުން

ކުޑަ ވިލިނގިލި ކައިރިން ލޯންޗަކަށް ހޮނުއަޅައި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ ކުޑަވިލިނގިލި ބޭރުން ބަޔަކު ލޯންޗުގައި މަސްބާނަން ތިއްބައި ކަމަށެވެ.

އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު މެނދުރު 3:00 އެހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އެގޮތުން ލޯންޗަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކ. ތުލުސްދޫގައި ތިބޭ ފުލުހުން ފަހުން ވަނީ އެ ލޯންޗް އޮތް ސަރަހައްދަށް ގޮސް ކަފުޖަހައިގެން އެ ލޯންޗް ތުލުސްދޫއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް