ޝުޖޫން އާއި އަޒްމިރަލްދާއާ އެކު މަސައްކަތުގައި ދެ ކުއްޖަކު ބައިވެރިވެއްޖެ

ސުޕްރީމް ކޯޓުގެ ދެ އަންހެން ފަނޑިޔާރުންނާ އެކު ދެ އަންހެން ކުދިން މަސައްކަތުގައި -- ފޮޓޯ/ ސުޕްރީމް ކޯޓު

އަންހެން ކުދިން ބާރުވެރި ކުރުވުމުގެ ދުވަހާ ގުޅިގެން، ސުޕްރީމް ކޯޓުގެ ދެ އަންހެން ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރުއާއި އައިޝާ ޝުޖޫން މުހައްމަދުއާ އެކު ދެ އަންހެން ކުދިން މަސައްކަތުގައި ބައިވެރިވެއްޖެއެވެ.

"އިންޓަނޭޝަނަލް ޑޭ އޮފް ދަ ގާލް ޗައިލްޑް" ނުވަތަ އަންްހެން ކުދިން ބާރުވެރި ކުރުވާ ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަނީ އޮކްޓޯބަރު 11ގައެވެ. އެ ދުވަހާ ގުޅިގެން މިއަދު ފަނޑިޔާރު ޝުޖޫންއާއި އަޒްމިރަލްދާއާ އެކު ދެ އަންހެން ކުދިން ވަނީ ބައިވެރިވެފައެވެ.

މިއަދު އެ ދެ ކުދިން ވަނީ އަޒްމިރަލްދާ އާއި ޝުޖޫންގެ މަސައްކަތުގައި ބައިވެރިވެ އެކި ގޮތްގޮތުން މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭގެ އިތުރުން، އެ ދެ އަންހެން ކުދިން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާވެސް މިއަދު ބައްދަލުކޮށްފައެވެ.

އަންހެން ކުދިން ބާރުވެރި ކުރުވުމުގެ ދުވަހާ ގުޅިގެން، މި ހަފްތާގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާ އެކުވެސް އަނެހެން ދަރިވަރަކު މަސައްކަތުގައި ބައިވެރިވެއެވެ.

comment ކޮމެންޓް