އެމްޑީއެންއަށް ވެސް ހައްދުފަހަނައެޅި މީހުންނަށް ވެސް ފިޔަވަޅު އަޅަންޖެހޭ: ރައީސް ނަޝީދު

ރައީސް ނަޝީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އާއި ދީނީ ގޮތުން ހައްދަފަހަނަ އެޅި މީހުންނަށް ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝިދު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، ރޭ އިސްކަންދަރު ސްކޫލުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން، އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމުގައި ގަބޫލުނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވުމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

"އެމްޑީއެން އާ މެދުވެސް، ހަނގުރާއަމަށް މީހުން ފޮނުވާ ފަރާތްތަކާ މެދު ވެސް އަދި ގޮތް ނޭނގޭ މަރުތަކާއި ގުޅޭ މީހުންނާ މެދުވެސް ފިޔަވަޅު އަޅަންޖެހޭ،" ނަޝީދު މިއަދު ޓްވީޓް ކުރެއްވި އެވެ.

"އެމްޑީއެން އާ މެދުވެސް، ހަނގުރާއަމަށް މީހުން ފޮނުވާ ފަރާތްތަކާ މެދު ވެސް އަދި ގޮތް ނޭނގޭ މަރުތަކާއި ގުޅޭ މީހުންނާ މެދުވެސް ފިޔަވަޅު އަޅަންޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ރޭ ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓު ވިދާޅުވި އިރު، އެ ރިޕޯޓުގައި ބޭންންކޮށްފައިވާ ބަސްމަގުގެ މަގްސަދަކީ ދީނާ މެދު ނަފްރަތު އުފެއްދުން ކަމުގައި ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ޖިހާދުގެ ނަމުގައި ގިނަ އަދަދެއްގެ ދިވެހިން ހަނގުރާމަތަކުގައި ބައިވެރިވާން ގޮސް މަރުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށެވެ.

ހަމަ އެއާއެކު ދިވެހިންގެ ހިތްތަކުގައި އިސްލާމީ އަގީދާ އާލާވިޔަނުދޭން މަސައްކަތް ކުރާ ބަޔަކު މި ސައްތައިން ސައްތަ މުސްލިމް ފަސްގަނޑުގައި އުޅޭ ކަމަށް ވެސް ވިދާޅުވި އެވެ.

ދިވެހި ގައުމު މިއަދު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި ކަމަށާއި މިއީ ނާޒުކު ދަނޑިވަޅެއް ކަމަށް ރައީސް ނަޝީދު ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި މިއަދު ގައުމު ސަލާމަތުގެ އައްސޭރިއަކަށް ދިއުމާއި، ގެއްލުމުގެ ތެރެއަށް ދިއުމުގެ ހަމަހަމަ ފުރުސަތު އޮތްކަން ވެސް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް