ސެފްރޯން - 16

އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

އެތަނަށް ހިމޭންކަން ވެރިވެ ޒޭބް އިއްޒަތާއެކު އެތަނަށް ވަނުމުންނެވެ. ދެފަރާތުގައި ޔުނިފޯމް އެޅި ދެ ހަށިފާރަވެރިންނެވެ. ޒޭބް ގެ ލޮލުން އަލިފާން އަންދަމުން ކޮށްލި ކަމަކުން އާރްޔާއަށް ޝޮކެއް ލިބި ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގެނެވިއްޖެއެވެ. އެ އަޑު އެތާ ގުގުމާލުމުން ޒޭބްގެ ހަމްދަރުދީއެއް ނެތް ނަޒަރު އާރްޔާއަށްވެސް ހުއްޓުނެވެ. އާރްޔާ ބިރުން ލޯ މަރާ ތަގުޅިކޮށްލިއެވެ. ޒޭބްއާއިމެދު ދެކުނުގޮތް އެންމެ މަންޒަރަކުން ބަދަލުވެ އާރްޔާގެ ހިތުގައި ނަފްރަތުގެ އޮށެއް ވަޅުލެވިއްޖެއެވެ.

ސެފްރަންއަށް އެހާވަރުގެ އަނިޔާއެއް ދޭވަރުގެ ކުށެއްކަމަށް އާރްޔާއަށް ގަބޫލެއްނުކުރެވެއެވެ.

ސެފްރަންގެ ވަރަ ވިއްސައިގެންދިޔަ ގޮތަށް ފާރުގައި ޖެހިފައި އާރްޔާގެ ފައިބުޑަށް ވެއްޓުނެވެ. ލޭތިކިތައް ކޮންމެވެސް ވަރަކަށް ބުރައިގެން ގޮސްފައިވާއިރު އަލިފާން ކަނި ބުރަބުރައިގެން ދާތަން ފެނުނެވެ. ވަރައިގާ ދިރުމެއްވިފަދައިން ކުޑަކޮށް ކިރިލާފައި ހިމޭންވއިރު އާރްޔާގެ ލޮލުން ކަރުނަ ތިއްކަކަށްފަހު ތިއްކެއް ދެމެންފެށިއެވެ.

"ސުބުހާނަﷲ.."އާރްޔާގެ ހިތް ތެޅެމުން ދިޔަގޮތުން ކެތްނުވެގެން މަގާމުން ކައްސާލަފާނެފަދައެވެ.

ޒޭބް އެއްލިގެން ކަހަލަ ގޮތަކަށް އެނބުރިލާފައި ހަށިފާރަވެރިންނަށް އޭނައާއިއެކު އަންނަން އެންގިއެވެ.

ޒޭބްފަދަ ރީތި ޕަރީއެއްގެ ކަޅު ހިތާއި އަނދިރި ފަރާތް އާރްޔާއަށް ފެނިއްޖެއެވެ. ޖިންނިވާނީ ޖިންނިއަކަށެވެ. ކިތަންމެ ރީއްޗަސް އޯގާތެރިޔަސް ޖިންނީންގެ މިޒާޖުގައި ރުޅިގަދަކަމާއި ރުންކުރުކަން އަދި ގަމާރުކަން އެހުންނަނީ ދުން ނާރާ އަލިފާނުން ހައްދަފާފައިވާތީއެވެ. ޒޭބްވެސް މިހުރިހާ ދުވަހު ދެއްކި އޯގާތެރިކަން އެވަގުތުކޮޅު އާރްޔާއަށް ވީ ދެއްކުން ތެރިކަމަށެވެ. ކުށަކާއި ނުލާ ސެފްރަންއަށް ދިން ނުބައި އަނިޔާއިން އާރްޔާ އިންތިހާއަށް ފޫހިވެއްޖެއެވެ.

"ޔާ ﷲ މޭކް ހާ ރިގްރެޓް ދިސް.." އާރްޔާއަށް ނަޒަރު ހުއްޓައިލެވުނީ ތަޅުންމައްޗަށް ވެއްޓިފައި އޮތް ސެފްރަންއަށެވެ. އޭނަގެ ދެއެކުވެރިން ބަންޑުން ބާއްވާލިއިރު ބުރަކަށިންވެސް އަލިއަރާގޮތުން ދެންމެ ހުޅުހިފާފާނެކަހަލައެވެ. ކަރުނަތައް ފޮހެލަމުންގޮސް އާރްޔާވެސް ސެފްރަން ކައިރިއަށް ގުދުވެލިއެވެ.

"ސެފްރަންއަށް ކިހިނެއްވެފަ މިއޮތީ..." އާރްޔާ ހީކުރީ ހަރަކާތެއް ނެތި އޮތުމުން މަރުވީކަމަށެވެ.

"ﷲއަށް ހަމްދުހުރި. މަރެއްނުވޭ..." އާދު ސެފްރަންގެ އިސްތަށިގަނޑުގައި ފިރުމާލާފައި ބޯ ނަގާ އުނގުގައި ބޭއްވިއެވެ.

"އެއީ ކާކުތަ؟ " ކާން ރުޅިގަދަވެފައި އަހައިލިއެވެ.

"އަޒްކީލްގެ އަންހެނުންހެން މަށަށް ހީވަނީ..." އާދުއަށް ހީވާއެއްޗެއް ބުނެލިއެވެ."އަޒްކީލްގެ ހަނގު އަބި ގަނޑުވަރުގައި ގެންގުޅޭކަން އެނގޭ. ބޭރަށްދާއިރު މޫނު އަޅައިގެންދަނީ. އޭނަ ވަރަށް ރީތި އެކަމަކު ރަހުމެއްނެތް ނުބައި ނުލަފާ އަންހެނެއް. ސެފް ކަތިލައިލަން އެއައީ ފަހަރީގެ ހައްގުގައި.................."

"އަހަންނަށް އޭނަގެ މަގުސަދު އެނގުނުއިރު ސެފްގެ ގަޔަށް ކަނޑީގެ އެތިފަހަރު އަރައިފި. ސިހުރުވެރި އަންހެނެއް. އަޒްކީލްގެ ޚާއްސަ ހަށިފާރަވެރިންނާއެކު އައުމުން ޝާހީ އަންހެނެއްކަން އެނގުނު. އެހެން މީހަކަށް ވިނަމަ ކުނޑިއަށް ހަދާލާނަން....." ކާން ބަވައިލިގޮތަކުން އާރްޔާވެސް އެކަމާއި ބައިވެރިވެ ޒޭބްއަށް އެއްޗެހި ކި އެވެ.

ޖަލު ބަލަހައްޓާ މީހާ ގާތު ކާން އާއި އާދު ވާހަކަދައްކަން ތިއްބާ އަޒްކީލް ފައުޅުވީ ކުރިމަތިންނެވެ. ސެފްރަންއަށް އޭނަގެ އަންހެނުން ޒޭބު ހަމަލާދިންކަން އެނގުމުން ޒޭބްދެކެ އިންތިހާއަށް ރުޅިއައެވެ. ގާނޫނު އަތަށް ލައިގެން ނުވާނެ ނޫންހެއްޔެވެ؟ ސެފްރަން ކުށެއް ނުކުރެއެވެ. ނަމަވެސް ޒޭބް ހަމަލާދިނީ ކީއްވެހެއްޔެވެ؟ އޭނައަށް ނޭގުނަސް ޒޭބްގެ ރުޅި މިރިއަމްއަކާއި އަޅާ ނުކިޔޭނެއެވެ. އަންހެންކުއްޖަކަށް ދެރަގޮތެއް ހެދުމުން ސެފްރަންދެކެ ނަފްރަތުވީކަމުގައި ޒޭބްވަނީ ބުނެފައެވެ.

އަޒްކީލް އުޑަފައިން އިށީންގޮތަށް އޭނަ ގެނައި ގުޅިން ފެހިކުލައިގާ ހުރި ފަތްޕިލާވެލީގެ ބޭހެއް ސެފްރަންގެ ޒަޚަމްގައި އުނގުޅާން ފެށުމުން ސެފްރަން ލޯ ހުޅުވާލައިފިއެވެ. އޭރުވެސް މޫނުމަތިން ފެނުނީ ވަރުބަލިކަމެވެ. އޭނަ މަޑުމަޑުން ކުކުރައިލިއެވެ.

"ސެފް.........މާފުކުރާތި. އަހަންނަށް އެނގިގެން ވީ ކަމެއްނޫން. މިރިއަމްއާއި ޒޭބް ފަހަކަށް އައިސް ވަރަށް ގުޅިގެން އުޅުނީ. އެންމެ ގާތް އެކުވެރިންނަށް ދުވަސްކޮޅެއްގެ ތެރޭ ވެއްޖެ. އެހެންވެ މިރިއަމްގެ ހައްގުގަ ދިން ހަމަލާއެއްކަމަށްވަނީ. ދެރަނުވޭ. ދުވަސްކޮޅަކުން ޒަޚަމް ފަސޭހަވާނެ..................." އަޒްކީލް ބުނެލިއެވެ.

ކެތްނުވާވަރަށް ވޭނުގައި އޮތް ސެފްރަންގެ ތަދު ލުއިވެލިއެވެ.

"މާފުކޮށްފިން. އެހެންމީހެއްގެ ކުށަކަށް މާފުއެދޭނެކަމެއް ނެތް......" ސެފްރަން ކުޑަކޮށް ހީލިއެވެ.

"ޕްރިންސް އަޒްކީލް. އަޅުގަނޑުވެސް އޮންނަން ޖެހެނީ ޖަލުގަތަ؟ " އާރްޔާ އަޒްކީލްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

އަޒްކީލް އިވުނުކަމަކަށްވެސް ނަހަދާ ކާން އަތަށް ބޭސް ގުޅި ދިއްކޮށްލިއެވެ. ގަވާއިދުން ސެފްރަންގެ ޒަޚަމްގައި ބޭސް އަޅަން އެންގިއެވެ. އޭރު އާދު އިނީ ސާފު ފޮތިގަނޑަކުން ބުރަކަށި ބެންޑޭޖްކޮށްދޭށެވެ. ސެފްރަން ތެދުވާން އުޅެފައިވެސް އޮށޯވެލިއެވެ. ދެލޯ މަރައިލިއެވެ.

"ޖިންނިން އަންހެންކުދިންވެސް ކްރުއެލް ކަމުން ހައިރާންވެއްޖެ. މިއީ ގުނަވަނެއް ކަނޑައިލުން ކަހަލަ ކަމެއްނު. ވިލް އިޓް ގްރޯ ބެކް؟ "އާރްޔާ ރަންކުލައަރާ ފިޔަގަނޑު ނެގިއެވެ. ފިޔަގަނޑުގައި އޭރުވެސް ހަރުލާފައިވަނީ ސެފްރަންގެ ގައިން ދުވާ މީރުވަހެވެ.


***

ޒޭބް ރުޅިގަދަވެގެންގޮސް ކޮޓަރިތެރޭ ދެކޮޅަށް ހިނގާލާ ހިނގާލާ ހުރެފައި އުދިހިފައިގޮސް އާރްޔާގެ ކޮޓަރިއަށް ވަދެ އެނދުމަތީގައި ހުރި ކުރެހުންތައް ނެގިއެވެ. ސެފްރަންގެ ސެކްޗްތަކާއި ކުލަ ކުރެހުންތައް ބެލިއެވެ. "ވަން ވިންގްޑް އެންޖެލް" ޖަހާފައި އޮތުމުން އަދި ވަކިން ރުޅިގަދަވިއެވެ. ހުރިހާ ކުރެހުންތައް އެއް ފަރާތަކަށް އެއްލައިލުމަށްފަހު އަތުން ފޮނުވައިލި އަލި ކުރެހުންތަކުގައި ޖެހުމާއެކު ހުޅުހިފިއެވެ.

"އަހަރެން ކަލޭ ނައްތާލާނަން ސެފްރަން" ޒޭބް ދަތްތަކަށް ބާރުލައިގެން ހުރެ ހަޅޭއްލަވައިގަތުމުން ފާރުތައް ގުޑައިލިއެވެ. އަޒްކީލް ހައިރާންކަމާއެކު ޒޭބްގެ ރުޅިގަނޑު ދެކެން ތަންކޮޅެއް ދުރުގައި ހުއްޓެވެ. ސެފްރަންގެ ކުރެހުންތައް އަލިފާނުން އަންދައިލި މަންޒަރުވެސް އޭނައަށް ފެނުނެވެ. ނަމަވެސް ސުވާލެއް ނުކޮށް އޭނަ ފަހަތަށް ޖެހި ޣައިބުވިއެވެ.


***

ސެފްރަންގެ ބުރަކަށީގައިވާ ބޭސްގަނޑު ނައްޓަން ފެށުމުން ތަދުގެ އިހުސާސްކުރެވި ތުންފަތުގައި ދަތްއަޅައިލަން މަޖުބޫރުކުރުވިއެވެ. ކެތްގަދަމީހެކޭ އާރްޔާ ހިތަށް އެރިއެވެ. ޖަލުގެ ފާރަވެރިޔަކު ގެނެސްފައި ހުރި ފޮށިގަނޑުގެ ތެރޭ ބޭހާއި ބެންޑޭޖްކުރާނެ ސާމާނުވެސް ހުއްޓެވެ. އަޒްކީލް ހިތްހަމަނުޖެހިފައި ހުއްޓަސް އެ އަމަލުން އަޅާލާވަރު ހާމަކޮށްދިނެވެ. ކާން އެ މަސައްކަތް ކުރަން އިންދާ އާރްޔާ ތެދުވެގެންގޮސް ގާތުގައި އިށީނެވެ.

"ކުރިއަށް ވުރެ ރަގަޅުދޯ........" އާރްޔާ އެހިއެވެ. ޖަވާބެއް ނުލިބުނެވެ.

"މިރިއަމްދެކެ ޒޭބް ހާދަވަރަކަށް ލޯބިވާތީ ބަދަލުހިފަން އެ އައީ. އަހަންނަށް ހީވާގޮތުން ސެފްރަން މަރާލިޔަސް ދެން އާއެކޭ ނުބުނާނެ. އާފްޓަ އޯލް ޒޭބް އެ ކަނޑައިލީ ސެފްރަންގެ އެންމެ ޔުނީކް ވިންގްސްވިއްޔާ...ޑޯންޓް ވޮރީ ސެފްރަން. އަދި ރަގަޅުގޮތެއް މެދުވެރިކުރައްވާނެ........" އާރްޔާ ހިތްވަރުދިނެވެ.

"ހޭއި ގާއިސް. މި މީހުންނަށް ޝޭޕްޝިފްޓިން ކަހަލަ ކަންތައްވެސް ވާނެއްނު. ޖިންނިނަށް އެ އެބިލިޓީ ދެއްވާފަވެއެއްނު. ސޯ ދުންކޮޅަކަށްވެގެން ނުކުމެގެންގޮސް އަހަރެން ސަލާމަތްކުރެވިދާނެ.."

އެވަރުންވެސް ކާންއާއި އާދު އަނގައިން ނުބުނުމުން އާރްޔާ ފުންމައިގެން ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ފޯނު ނަގައިގެން ވީޑިއޯ ކުރަންފެށިއެވެ.

"މި ޖިންނިން މިހާ ބޮޑާވާންޖެހޭ ސަބަބެއް ނޭގުނު. ދޭ އާ ޓޯޓަލީ އިގްނޯރިން މީ. ލައިކް އައިމް އިންވިޒިބްލް އޯ ސަމްތިން. ފޮނިކަމެއް ދެއްވާފައިވިޔަސް މިވަރު ބޮޑު. ރޫޑްކަން ދޯ މިތިބަ ޖަޔަންޓްސް އިން......"އާރްޔާ ވީޑިއޯކުރަން ފެށީ އާދުމެން ކުރިމަތީ ހުއްޓިލައިގެން ހުރެއެވެ. އެވަރުންވެސް އެ ޖިންނިން އަމިއްލަ ވާހަކައިގައެވެ. އިރުގަނޑެއްފަހުން ޖަލުފާރަވެރިޔާ ވަދެފައި ސެފްރަންއާއި ބައްދަލުކޮށްލަން ޝާހީ ބޭފުޅަކު ހުންނެވިކަމަށް ބުނުމުން ސެފްރަން ތެދުވެ ކޯޓު ގަޔަށް މަހާލުމަށްފަހު ދާން ހިނގައިގަތެވެ. ދޮރުމަތީގައި ހުރީ މިރިއަމްއެވެ. މިރިއަމް ގެ ދެލޮލަށް ބެލުމުން ވަރަށް ހިތާމަކޮށްފައިކަން އެނގުނެވެ.

"ސެފް. އަހަންނަށް އެނގިއްޖެ. ފަހަރި ސެފްގެ ވިންގް ކޮށާލިކަން އެނގޭ. އަހަރެން ބުނެގެން ވީކަމެއް ނޫން. އެކަމާ މާފަށް އެދެން. އަދިވެސް މި އުއްމީދުކުރަނީ މި ދިމާވެފައިވާ ލަދުން ސަލާމަތްކޮށްދޭނެކަމަށް. އެހާ ބޮޑަށް އެންމެންގެ ކުރިމަތީ ނިކަމެތިކޮށްލީ...އަހަރެން އަނިޔާ ނުދިނަސް އެހެން އެންމެން އެތިބީ އަނިޔާކޮށްގެންވެސް އެއްބަސްކުރުވަންހެން ހީވޭ................." މިރިއަމްގެ ދެލޯ ސަފްރެންއާއި ގުޅުނެވެ.

"މިރިއަމްއަށް ވިސްނާދީދީ ވަރުބަލިވެއްޖެ. ކައިވެންޏަކީ ސަމާސާއެއްނޫން. ޝަރުތުތަކެއްގެ މައްޗަށް ކުރާކަމެއްވެސް ނޫން. ނޫނީ ރަސްކަމުގެ ބޭނުމުގައި ކުރަންޖެހޭ ކަމެއްކަމަކަށްވެސް ނުދެކެން. އަނިޔާކޮށްފައި މަރާލިޔަސް މި ކައިވެންޏަށް އެއްބަހެއް ނުވެވޭނެ...."ސެފްރަން ނުރުހުމާއެކު ވާހަކަދެއްކިއެވެ. އެންޖެލާއާއި އޭނަގެ ކައިވެންޏަކީވެސް މަސްނޫއީ ގުޅުމެކެވެ. އެންޖެލާގެ ލޯބިވެރިޔާއާއި ދެމީހުންނަށް ފުރުސަތުދީގެން ފިރިއެއްގެ ނަމުގައި ހުންނަން ވުމުން އެއީ ކިހާވަރެއްގެ ފާފައެއްކަން އިހުސާސްކުރެވެނީ ދީނަށް އުޅެން ފެށީމައެވެ. މިރިއަމްދެކެ ކާރމަން އެހާ ލޯބިވާކަން އެނގިހުރެ އެ ގުޅުމަށް އޭނަ ފަހަރެއްގައިވެސް އާއެކޭ ނުބުނާނެއެވެ. މަރުވާން ޖެހުނަސް ހެވެވެ. މިރިއަމް މޫނުގައި އަތް އަޅަމުން ތިރިވެ ހަޅޭއްލަވައިގަތެވެ. އެއާއެކު އަނބުރައިގެން ވެއްޓިއްޖެއެވެ.


***

މިރިއަމްއާއި މަންމަ ސުވާލުކުރަން ފެށުމުން ރޮއިފާ ހިތުގެ ހާލަތު ބަޔާންކޮށްދިނެވެ. ސެފްރަންދެކެ ލޯބިވެވިއްޖެ ކަމުގައި ބުނެ ކަރުނަ އެޅިއެވެ. ގަންދީޝާގެ ހިތް ހަލާކުވާވަރުވިއެވެ. ހުރި އެންމެ އަންހެންދަރިފުޅަށްޓަކާ އެމީހުންނަށް ވެވެން އޮތްހާ އެހީއެއް ވާނެއެވެ. ގަންދީޝާ އަޒްކީލް ބަލާ ފޮނުވިއެވެ.

"އަޒްކީލް. މަންމައަށް ސެފްރަން އެއްބަސް ކުރުވާނެގޮތް އެނގިއްޖެ...................."

(ނުނިމޭ...)

https://sun.mv/125442

comment ކޮމެންޓް