މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދެނީ

"ހަނދުވަރީ" ދޯނި. އެ ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަންނަނީ ފަރުވާދެމުން -- ފޮޓޯ: އެމްއެެންޑީއެފް

މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ލޮލަށް ބުޅިއެއް ހެރިގެން ފަރުވާ ދެނީ ޅ. ދިއްފުށިމާދޫގެ އިރުން އަށް ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ހަނދުވަރީ" ނަމަކަށް ކިޔާ ދޯނީގައި ހުރި 42 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 6:30 އެހާކަންހާއިރު އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑްގެ އުޅަނދެއް އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފަޅުވެރިޔާ އަވަސް ފަރުވާއަށް ސީއެމްބިއުލެންސްގައި މިއަދު ހެނދުނު ވަނީ ނައިފަރަށް ގެންގޮސްފަ އެވެ.

ހޮސްޕިޓަލުން ބުނީ ފަޅުވެރިޔާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

comment ކޮމެންޓް