ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލަ:
ތަދައްހުލުވާން އެދޭ އެންމެނަށް ފުރުސަތު ދިނުމަށް އަޑުއެހުން މިއަދު މެދުރު ފަހަށް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަން ނުވަތަ ނޫންކަން ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތަށް ތަދައްހުލް ވުމަށް އެދިފައިވާ ފަރާތްތަކަށް ފުރުސަތު ދިނުމުގެގޮތުން މައްސަލައިގެ ދެ ވަނަ އަޑު އެހުން މިއަދު މެންދުރު ފަހު 1:30 އަށް ފަސްކޮށްފި އެވެ. މައްސަލައިގެ ދެ ވަނަ އަޑު އެހުން ބާއްވަން ކުރިން ތާވަލު ކޮށްފައި އޮތީ މިއަދު 11:00 ޖެހި އިރު އެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައަށް ތަދައްހުލްވުމަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަމަށެވެ. އެކަމުގައި އިދާރީގޮތުން ނިންމަންޖެހޭ ބައެއް ކަންކަން ނުނިމިވާތީ މިއަދު 1:30 އަށް އަޑު އެހުން ފަސްކުރީކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންގެ ތަރުޖަމާން އަބްދުﷲ ހަސީން ހުށަހެޅުއްވި އެ މައްސަލައަށް އިތުރު ފަރާތްތައް ތަދުއްހުލުވާން އެދިފައިވާއިރު މިހާރު ވެސް ސ. ލާމިގޭ މޫސާ އަންވަރު ވަނީ އެ މައްސަލައިގެ ތެރެއަށް ތަދުއްހުލު ވެފައެވެ.

މިއަދުގެ ޝަރީއަތް މެންދުރު ފަހު ބާއްވާއިރު ކާށިދޫ ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފިނަމަ އެ ދާއިރާއަށް ކުރިމަތިލާނެކަމަށް ވިދާޅުވެފައިވާ ގއ. އަތޮޅުގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި، އަދި އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ އެ މައްސަލައިގެ ޝަރީއަތް އަޑުއެހުމަށް ނަން ނޯޓުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު