މިސްކިތް ބަންދުކުރިޔަސް ވޯޑްތަކުގައި ނަމާދު ކުރެވޭނެ: އައިޖީއެމްއެޗު

ވޯޑްތަކުގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަަމަޖައްސައިދީފައި--- ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗްގައި ހުންނަ މިސްކިތް ބަންދުކުރިޔަސް އައީޖީއެމްއެޗްގެ ވޯޑްތަކަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ވޯޑްތަކުގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

ޖަމާއަތުގައި ނަމާދު ވެސް ކުރަމުންގެންދާ އެ މިސްކިތް ބަންދުކުރީ މިދިޔަ ބުދަ ދުވަހު އެވެ.

އެ މިސްކިތް ބަންދުކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވޯޑްތަކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭންފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. އަދި އެގޮތަށް ހެދީ ނަމާދު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ވޯޑުގައި ނަމާދުކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިތުރުން ދަރުމަވަންތަ އިމާރާތުގައި ހުންނަ ފަސް ވަނަ ބުރީގައި ހުންނަ ނަމާދު ކޮޓަރީގައި ކުރިއެކޭ އެއްގޮތަށް ވެސް ނަމާދުކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ތަނުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވެން ވެސް ހުރެ އެވެ.

comment ކޮމެންޓް