އެންމެފަހުން ސްޕައިޑަމޭން އެމްސީޔޫއަށް ގެނެސްފި

ސްޕައިޑަރމޭން - "ފާރ ފްރޮމް ހޯމް"ގެ ފޯސްޓަރެއް --- ފޮޓޯ : ސޮނީ

ސޮނީއާއި ޑިޒްނީއާ ދެމެދު ހިނގި ހަމަނުޖެހުމަށްފަހު މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ)އިން ސްޕައިޑަމޭން ވަކިކުރުމަށްފަހު އެންމެ ފަހުން ސްޕައިޑަރމޭން އެމްސީޔޫއަސް އަނބުރާ ގެނެސްފިއެވެ.

ސްޕައިޑަމޭން ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު "ފާ ފްރޮމް ހޯމް" ނިމުމާއެކު ސޮނީއާއި ޑިޒްނީއާ ދެމެދު އެއްބަސްވުމަކަށް ނާދެވި ސްޕައިޑަމޭން އެމްސީޔޫއިން ވަކިކުރުމަށް ނިންމިއެވެ.

އެމްސީޔޫއިން ސްޕައިޑަމޭން ވަކި ކުރުމުން އެމްސީޔޫގެ އެހެން އެއްވެސް ފިލްމަކުން ސްޕައިޑަމޭން ދެއްކުމުގެ ހުއްދަ ގެއްލިގެންދާނެއެވެ.

އެމްސީޔޫގެ އާ ފިލްމުތައް ނެރުމަށް ތައްޔާރުވަމުންދާއިރު އެ ފިލްމުތަކުގައި ސްޕައިޑަމޭން މުހިންމު ރޯލެއް ކުޅޭނެ ކަމަށް ކުރީން ވަނީ ބުނެފައެވެ. ނަމަވެސް ދެ ކުންފުނީގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާތީ އެ ފޭނުން ތިބީ އެކަމުގެ ހިތާމައިގައެވެ.

އެމްސީޔޫއަށް ސްޕައިޑަރމޭން އެނބުރި ދިއުމުގެ ވާހަކަ ދެއްކުމުގެ ކުރީން ސޮނީން ބުނެފައިވަނީ ސްޕައިޑަމޭން އަލުން ރިބޫޓު ކުރާނެ ކަމަށެވެ.

އަލަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ސްޕައިޑަމޭން ފްރެންޗައިޒް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މާވެލް ސްޓޫޑިއޯސްގެ ރައީސް ވިދާޅުވީ ސްޕައިޑަރމޭންގެ ތިންވަނަ ފިލްމެއް ނެރުމަށް ތައްޔާރުވާ ކަމަށާއި އެ ފިލްމުގައި އޮރިޖިނަލް ކާސްޓުން ފެނިގެންދާނެ ކަމަށެވެ.

ޓޮމް ހޮލެންޑް އާއި ޒެންޑާޔާ ލީޑް ރޯލުން ފެނިގެންދާ ސްޕައިޑަމޭންގެ ދެވަނަ ފިލްމު "ފާރ ފްރޮމް ހޯމް"އަށް ލިބުނު އާމްދަނީ ވަނީ މިހާރު އެއް ބިލިއަން ޑޮލަރަށްވުރެ އިތުރުވެފައެވެ.

comment ކޮމެންޓް