ރެފްލްސް މޯލްޑިވްސް މެރަދޫގެ އޯވާ ވޯޓާ ވިލާތައް ހުޅުވައިފި

ގއ އަތޮޅު މެރަދޫގައި ތަރައްގީކޮށްފައިވާ ރެފްލް މޯލްޑިވްސްގައި އެންމެ ފަހުން ހެދި 16 އޯވާ ވޯޓާ ވިލާ -- ފޮޓޯ ރެފްލް މޯލްޑިވްސް

ގއ އަތޮޅު މެރަދޫގައި ތަރައްގީކޮށްފައިވާ ރެފްލް މޯލްޑިވްސްގައި އެންމެ ފަހުން ހެދި 16 އޯވާ ވޯޓާ ވިލާ ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ރިސޯޓުގެ ބީޗް ވިލާތައް މެއި މަހު ހުޅުވާ ފަތުރުވެރިންނަށް ހިދުމަތްދޭން ފަށާފައިވާއިރު އޯވާ ވޯޓާ ވިލާތައް ތަރައްގީކޮށްފައިވަނީ ރަށާ ވަކިންނެވެ.

މި ރިސޯޓުގައި 16 އޯވާ ވޯޓާ ވިލާ އަދި 21 ބީޗް ވިލާ ހުރެއެވެ. އޯވާ ވޯޓާ ވިލާތަކުން ލަގްޒަރީ ގިނަ ހިދުމަތްތަކެއް ފަތުރުވެރިންނަށް ލިބޭނެއެވެ.

ގއ އަތޮޅު މެރަދޫގައި ތަރައްގީކޮށްފައިވާ ރެފްލް މޯލްޑިވްސްގައި -- ފޮޓޯ ރެފްލް މޯލްޑިވްސް

މެރަދޫ ގައި މީގެ ކުރިން ހިންގީ ދުބާއީގެ ޖުވެއިރާ އިން ހިންގި ޖުމެއިރާ ދެވަންފުށި ރިސޯޓެވެ. އެ ރިސޯޓު ވިއްކާލުމުން މިހާރު ރެފްލް މޯލްޑިވްސްގެ ނަމުގައި ރިސޯޓު ހިންގަނީ އެކޯ ހޮޓެލްސް އިންނެވެ. މިއީ ސިންގަޕޫރުގެ އެންމެ ބޮޑު އެއް ހޮޓެލް ކުންފުންޏެވެ.

ރެފްލްސް މޯލްޑިވްސް މެރަދޫގެ ބީޗް އައިލެންޑުންވެސް ފަތުރުވެރިންނަށް ތަފާތު އެކްސްޕީރިއަންސްތައް ކުރުމުގެ ފުރުސަތު ލިބެއެވެ. އެ ރިސޯޓުގައި ތިން ރެސްޓޯރެންޓާއި ކޮކްޓެއިލް ބާއެއްގެ އިތުރުން އެކްޑް ވިނުން ލަގްޒަރީ ސްޕާއެއްވެސް ހުރެއެވެ.

comment ކޮމެންޓް