މުޙްޔިއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް މަލްދާ

މަލްދާއަށް އިނާމް އަރުވަނީ--- ފޮޓޯ: މުޙްޔިއްދީން ސްކޫލް

މުޙްޔިއްދީން ސްކޫލުން މިދޔަ އަހަރު ހުރިހާ ގޮތަކަށް އެންމެ މޮޅު ދަރިވަރަކަށް ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގައި ކިޔަވަމުން އަން އައިމިނަތު މަލްދާ ހޯދައިފިއެވެ.

މިއަދު ހަވީރު އެ ސްކޫލުގައި ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި މަލްދާއަށް އިނާމް ހަވާލުކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްއެވެ.

މަލްދާ އަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ ޓްރޮފީ، ޕީޓީއޭއިން ދެއްވާ ފައިސާގެ އިނާމް އަދި ސްކޫލުން ދޭ ހަނދާނީ ފިލާ އަރުވާފައެވެ.

މަލްދާ ވަނީ މިދިޔަ އަހަރު އޯ ލެވެލްގެ ޓޮޕް ޓެން އަދި މުޙްޔިއްދީން ސްކޫލް ޓޮޕް ޓެންގައިވެސް ހިމެނިފައެވެ އޭގެ އިތުރުން އެކި އެކި މުބާރާތްތަކުގައި ރަން ވަނަތަކެއް މަލްދާ ހޯދައިދީފައިވާއިރު އޭނާ ވަނީ މުޙްޔިއްދީން ސްކޫލުގެ ހިއުމަން ރައިޓްސް ކްލަބުގެ ރައީސްކަންވެސް ކޮށްފައެވެ.

މަލްދާ އެޑިއުކޭޝަން މިނިސްޓަރާއި ޖެންޑާ މިނިސްޓަރާއެކު--- ފޮޓޯ: މުޙްޔިއްދީން ސްކޫލް

މިއަދުގެ ރަސްމިއްޔާތުގައި އޯ ލެވެލް ޓޮޕް ޓެންގައި ހިމެނުނު މުޙްޔިއްދީން ސްކޫލުގެ ދަރިވަރުންނާއި ސްކޫލު ޓޮޕްޓެންގައި ހިމެނުނު ދަރިވަރުންގެ އިތުރުން ސްކޫލުގެ އެކި އެކި މުބާރާތުން ރަންވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑްތައް ހަވާލުކޮށްފައެވެ.

މުޙްޔިއްދީން ސްކޫލުގެ އޮފިޝަލަކު "ސަން" އަށް މިއަދު މިއަދު ވިދާޅުވީ މިދިޔަ އަހަރު އެ ސްކޫލް ނިންމު 62 ޕަސެންޓް ދަރިވަރުން ފަސް މާއްދާއިން ފާސްވެފައިވާ ކަމަށެވެ.

comment ކޮމެންޓް