އަގުހުރި އިނާމުތަކަކާއެކު އެސްޓީއޯ އިން ސުޕަކަޕް ނޫޑްލްސް ތައާރަފުކޮށްފި

ސުޕަ ކަޕް ނޫޑުލްސް ތައާރަފްކޮށް އަދި ޕްރޮމޯޝަން އެސްޓިއޯގެ އެމްޑީ، އަމުރު ފައްޓަވައި ދެއްވަނީ -- ސަން ފޮޓޯ/އަހުމަދު އައުޝަން އިލްޔާސް

އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނަކާ އެކު އެސްސޓީއޯ ސުޕަމާޓުން "ސުޕަކަޕް" ބްރޭންޑްގެ ކަޕް ނޫޑްލްސް ތައާރަފުކޮށްފި އެވެ.

މިއަދު އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތުގައި ނޫޑްލްސް ތައާރަފުކޮށްދެއްވާ "ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އެވެ.

ސުޕަކަޕް ނޫޑްލްސް ޕްރޮމޯޝަނުގެ ދަށުން މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް، އެސްޓީއޯ ސުޕަމާޓް އަދި ރީޖަނަލް އައުޓްލެޓު ތަކުން ގަންނަ ކޮންމެ ސުޕަކަޕް ނޫޑްލްސް ތައްޓަކާއެކު ސްކްރެޗް އެންޑް ވިން ކާޑެއް ލިބޭނެ އެވެ. މި ޕްރޮމޯޝަނަށް ޖުމްލަ 200،000 ރުފިޔާގެ އިނާމު ވަނީ ކަނޑައަޅައިފަ އެވެ.

އެސްޓީއޯއަށް މިއަދު ތައާރަފްކުރި ސުޕަ ކަޕް ނޫޑުލްސް: މީގެ ނޫޑުލްސް ތައްޓެއް ގަނެގެން ބޮޑު އިނާމެއް ހޯދިދާނެ -- ސަން ފޮޓޯ/އަހުމަދު އައުޝަން އިލްޔާސް

އެސްޓީއޯ އިން ބުނީ ސުޕަކަޕް ނޫޑްލްސްގެ ފަސް ރަހައެއް ތައާރަފުކޮށްފައިވާނެ ކަމަށާއި އެންމެ ހާއްސަ ރަހައަކީ "ކަޅު ކުޅި މަނިކުފަނު" ގެ ނަމުގައި ތައާރަފުކުރި ދިވެހިންގެ ރަހަތަކާ ގުޅޭ ކުޅި ނޫޑްލްސް ކަމަށެވެ.

"ކޮންމެ ބޭފުޅަކުވެސް ސުޕަކަޕް ނޫޑުލްސް ތައްޓެއް ބައްލަވައިގެން ރަހަ ބަލައިލުމަކީ އަޅުގަނޑުމެންގެ އެދުމެއް. މީގެ ރަހަތައް މީރުވާނެ. ކޮންމެ ތައްޓަކާއެކީ ސްކްރެޗް އެންޑް ވިން ކާޑުކޮޅެއް ލިބޭނެ. އަގު ހުރި އިނާމުތަކެއް ލިބިގެންދާނެ،" އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

comment ކޮމެންޓް