ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެނެސްގެން އެސްޓީއޯ އިން ޑިސްކައުންޓް

އެސްޓީއޯ ސުޕަމާކެޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެނައުމުން އެސްޓީއޯ ސްޕަމާޓުން އިން ކުރާ ވިޔަފާރިތަކުން ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ޕްލާސްޓިކަށް ނޫނެކޭ ބުނަމާ" މި ޝިއާރުގެ ދަށުން އެސްޓީއޯ ސުޕަމާޓުން އިއްޔެ ފެށި މި ޕްރޮމޯޝަންގައި ކުރާ ކޮންމެ ވިޔަފާރިއަށް ދެ ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

އެސްޓީއޯ އިން ބުނިގޮތުގައި އެކުންފުނީގެ ފަރާތުން ބާރުއަޅަނީ ވިޔަފާރި ކުރުމުގައި އަބަދުވެސް ތިމާވެއްޓާ ރަހުމަތްތެރި ގޮތް ހިޔާރުކުރުން ކަމަށެެވެ. އަދި މި ޕްރޮމޯޝަނަކީ އެކަމަށް ބާރު އެޅުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"ޕްލާސްޓިްކް މަދުކުރުމަށް އެއްބާރުލުންދެމާ! އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ހިމާޔަތްކުރަމާ!" އެސްޓީއޯ އިން ކުރި ޓްވީޓެެއްގައި ބުނެފައިއެވެ.

މި ޕްރޮޝަނުގެ ސަބަބުން ޕްލާސްޓިކް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުުނެެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ވިޔަފާރިކޮށްގެން ޑިސްކައުން ލިބެނީ ހަމައެކަނި އެސްޓީއޯ ސުޕަމާކެޓުން ވިޔަފާރިކޮށްގެނެވެ.

comment ކޮމެންޓް