އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

އެމްޑަބްލިއުއެސްސީގެ މުވައްޒަފަކު ލޭ ހަދިޔާ ކުރަނީ--- ފޮޓޯ: އެމްޑަބްލިއުއެސްސީ

ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

އިއްޔެ އެ ކުންފުނިން އެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސާސ (އެމްބީއެސް)އާ ގުޅިގެންނެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިއީ އެމްބީއެސްއަށް ބޭނުންވާ ލޭ ފޯރުކޮށްދިނުމުގެ މާތް މަގްސަދުގައި ހިންގި ހަރަކާތެއް ކަމަށެވެ.

ލޭ ހެދިޔާ ކުރުމުގެ މުހިންމުކަން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގައިދީ އެކަމަށް މީހުން ހޭލުންތެރިކަން އިތުރުކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސްގެ އިމާރާތުގަ އެވެ. އެ އިމާރާތުގައި އެކަން ކުރިއަށް ގެންދިޔައީވެސް ބުރަކޮށް އުޅޭ މުވައްޒަފުންނަށް ފަސޭހައިން ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ހަރަކާތުގައި އެމްޑަބްލިއުއެސްސީގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ލޭ ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް