މާލޭގެ ހަލަބޮލިކަމުން ސަލާމަތްވެ، ހިތްހަމަޖައްސާލަން އައިމިނަ ލައުންޖަށް

ހަލަބޮލި މާލޭގައި ރައްޓެހިން އެކުގައި، މަޖާކޮށްލަން ދާނެ ތަންތަން މަދެވެ. ޕާކުތައް ގިނަ ނަމަވެސް އެތަންތަނުގައި މީހުން ގިނައެވެ. ރެސްޓޯރެންޓުތަކުން މީހުން މަދުވަނީ ބަންދު ކުރަންވީމައެވެ.

މަޖާ މާހައުލެއްގައި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލަން ބޭނުންވާ މީހުންނަށް ރަނގަޅު "ލައުންޖެއް" މާލޭގައި މިހާރު އެބަހުއްޓެވެ. ރައްޓެހިންނާއެކުގޮސް، މަޖާކޮށް "ސްޓްރެސް ފިލުވަން" މިއީ ރަނގަޅު ތަނަކަށް ވާނެއެވެ. އަމީރު އަހުމަދުމަގުގައި ހިންގަ އައިމިނަ ރެޒިޑެންސީގެ 10 ވަނަ ފަންގިފިލާގައި މިފަހުން ހުޅުވި ލައުންޖަކީ ފުލް ޕެކޭޖެކެވެ. ރިލެކްސް ކޮށްލުމަށާއި، މަޖާކޮށްލަން އެއްވަނައެވެ.

އައިމިނަ ރެޒިޑެންސީ ގެސްޓްހައުސަކީ ފާލިމް ގްރޫޕުގެ ޕްރޮޕަޓީއެކެވެ. ފާލިމް ގްރޫޕުގެ ރިއަލް އެސްޓޭޓް އެސިސްޓަންޓް މެނޭޖަރު އަހްމަދު ސައްދާމް ހުސައިން ވިދާޅުވީ، މަތީ ފެންވަރުގެ ހަތަރު ރޫމާއެކު ހިންގާ އައިމިނަ ރެޒިޑެންސީގެ ލައުންޖުގެ ހިދުމަތް، އެތަނުގެ ގެސްޓުންގެ އިތުރުން އާންމުންނަށްވެސް ލިބޭނެ ކަމަށެވެ.

އައިމިނަ ރެޒިޑެންސީގެ -- ފޮޓޯ/ އައިމިނަ ރެޒިޑެންސީ

އެތަނުގައި ހިތްގައިމު "ވިއު"އަކާއެކު ޖަކޫޒީއަށް އެރެލެވޭނެއެވެ. ކަރައޯކޭ، ވީޑިއޯ ގޭމްސް، ބިލިއާޑް ފަދަ ކަންކަންވެސް އޮވެއެވެ. ސަންޑެކެއްވެސް މި ލައުންޖުގައި ހުރެއެވެ. މީގެ އިތުރުން ލައުންޖުގެ ބޭނުން ހިފާ މީހުންނަށް އެތަނުގައި ކައްކައި ކެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.

އައިމިނަ ރެޒިޑެންސީގެ ލައުންޖްގައި ހުންނަ ޖަކޫޒީ -- ފޮޓޯ/ އައިމިނަ ރެޒިޑެންސީ

އައިމިނަ ރެޒިޑެންސީގެ ލައުންޖުގެ ހާއްސަ ކަމަކީ މިއީ "ޕްރައިވެޓް" ތަނަކަށް ވުމެވެ. އެތަން ބޭނުންކުރެވޭނީ އެތަން ބުކް ކުރި ބަޔަކަށެވެ. ގެސްޓުހައުސްގައި ތިބޭ ގެސްޓުން ރޫމް ބުކް ކުރާއިރު ލައުންޖުގެ ހިދުމަތްވެސް ބުކް ކުރެވޭނެއެވެ. ބޭރުން އަންނަ ކަސްޓަމަރުންނަށް އައިމިނަ ރެޒިޑެންސީއަށް ގުޅައިގެން، ނުވަތަ އެތަނުގެ ވެބްސައިޓު މެދުވެރިކޮށް ބުކް ކުރެވިދާނެއެވެ.

އައިމިނަ ރެޒިޑެންސީގެ ލައުންޖް -- ފޮޓޯ/ އައިމިނަ ރެޒިޑެންސީ

"މާލޭގައި މިގޮތަށް އޮޕަރޭޓްކުރާ ލައުންޖެއް ނުހުންނާނެ. މިތަން އަޅުގަނޑުމެން މި ވިއްކަނީ މިސާލަކަށް އެއް ގަޑިއިރު ދެ ގަޑިއިރު އެގޮތަށް. ގްރޫޕް ވައިސްކޮށް ތަން މިވިއްކަނީ،"

ސައްދާމް ވިދާޅުވީ ލައުންޖު ބުކް ކުރުމުން އެތަނުގެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް