ރާއްޖޭގައި ފުރަތަަމަ ފަހަރަށް ސައިންޓިފިކް ޖާނަލްއެއް ޝާއިއުކުރާ މެޑިކަލް އިންްޓްޓިއުޝަނަށް އޭޑީކޭ ހޮސްޕިޓަލް ވެއްޖިއެވެ.
ޕެރަޑައިސް ރިސޯޓުގައި މިއަދު ފެށި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި "އޭޑީކޭ ޖާނަލް އޮފް ހެލްތު އެންޑް މެޑިސިން" ވަނީ އިފްތިތާހްކޮށްފައެވެ. އެ ޖާނަލް އިފްތިތާހްކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް އަހުމަދު ވިދާޅުވީ އެ ހޮސްޕިޓްއިން ކުރާ ދިރާސާތަކާއި ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ސިއްހީ ނިޒާމު އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
"މައިބަދައާ ގުޅޭ އޮޕަރޭޝަންތައް ފަދަ ދާއިރާތަކުން އަޅުގަނޑުމެން ކުރާ ރިސާޗުތައް ދެން ތިބޭފުޅުންނަށް އަޑުއިވިގެންދާނެ. އެއާއެކު މުޅިން ކޮމްޕްލެކްސް އަދި އެޑްވާންސް ހަރުފަތްތަކަކަށް އަޅުގަނޑުމެންނަށް ދެވިގެންދާނެ." އަފްއާލް ވިދާޅުވިއެވެ.
އޭޑީކޭއިން ދާދި ފަހުން ވަނީ ދިވެހިންގެ ސިކުނޑިއަށް ޖެހޭ ބައްޔާ ބެހޭގޮތުން ދިރާސާއެއްވެސް ކޮށްފައެވެ. މިހާރު ކުރިއަށްދާ ކޮންފަރެންސްގައި އެ ދިރާސާގެ ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށްް އޭޑީކޭއިން ބުންޏެވެ.
އެޑީކޭއިން ބުނީ އެ ދެ ކަރުދާހުގައި އާ ހޯދުންތައްވެސް ހިމެނޭ ކަމަށެވެ.