އިންޝުއަރެންސާ ގުޅޭ ސެމިނާއެއް ދިވެހި އިންޝުއަރެންސްއިން ބާއްވައިފި

ދިވެހި އިންޝުއަރެންސް އިން އިއްޔެ ބޭއްވި ސެމިނާ - ފޮޓޯ: ދިވެހި އިންޝުއަރެންސް

ދިވެހި އިންޝުއަރެންސް އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އިންޝުއަރެންސް އިންސައިޓް ސެމިނާ ސީރީޒްގެ ދަށުން މިއަހަރުގެ އިންޝުއަރެންސް ސެމިނާ ބާއްވައިިފި އެވެ.

އެކުންފުނީގެ ސީއެސްއާރުގެ ދަށުން ބާއްވާ މި ސެމިނާ މިއަހަރު ހާއްސަކޮށްފައިވަނީ ލޯޔަރުންނާއި އާކިޓެކްޓުން އަދި އިންޖިނިއަރުންނަށާއި ޑޮކްޓަރުންނަށެވެ. ސެމިނާ ކުރިއަށް ގެންދިޔައީ އިންޔެ ޗަމްޕާ ސެންޓްރަލްގަ އެވެ.

މި ސެމިނާގެ މަގުސަދަކީ މި ޕްރޮފެޝަނަލްތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް، މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ކަމެއްގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުމަކުން ސަލާމަތްވުމަށް އިންޝުއަރެންސްގެ ބޭނުން އަންގައިދިނުމެވެ.

މިއަހަރުގެ ސެމިނާގައި އިންޝުއަރެންސްގެ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިލައްވާފައިވާ މެލޭޝިއާގެ ބާ ކައުންސިލްގެ ކުރީގެ މެންބަރު އެންޓޮން ރާމްޗަންދްރަން އާއި ރާއްޖޭގެ ޕްރޮފެޝަނަލް ލޯޔަރު އިސްމާއިލް ވިޝާމް ބައިވެރިވެ ވަޑައިގެން މައުލޫމާތު ހިއްސާ ކުރެއްވި އެވެ.

ދިވެހި އިންޝުއަރެންސް އިން މިފަދަ ސެމިނާއެއް ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރު އެވެ. އެފަހަރުގެ ސެމިނާ ހާއްސަ ކުރީ އިންޝުއަރެންސްގެ ދާއިރާއަށެވެ މިދިޔަ އަހަރުގެ ސެމިނާ ހާއްސަކޮށްފައިވަނީ ކޮންސްޓްރަކްޝަން ދާއިރާއަށެވެ.

comment ކޮމެންޓް