ތިން ރަށެއްގައި ކުނި އަންދާ މެޝިން ބަހައްޓަން ބަޔަކާ ހަވާލުކޮށްފި

ތިން ރަށެއްގައި ކުނި އަންދާ މެޝިން ބަހައްޓަން ބަޔަކާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތިލަފުށީގައި މިހާރު ބަހައްޓާފައިކުނި އަންދާ މެޝިންތަކެއް އެހެން ތިން ރަށެއްގައި ބަހައްޓަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ހދ. ކުޅުދުއްފުއްޓާއި ފުވައްމުލަކުގައި އެ މެޝިންތައް ބަހައްޓަން ވަނީ މެކްސްޓާ މޯލްޑިވްސްއާއެކު ވަނީ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 4.54 މިލިއަން ރުފިޔާއަށެވެ.

ކުނި އަންދާ މެޝިން ބަހައްޓަން ނިންމި އަނެއް ރަށަކީ ކ. މާފުއްޓެވެ. މާފުށީގައި މެޝިން ބަހައްޓަން ހަވާލުކުރީ ކޮރަލް ލައިފް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 1.90 މިލިއަން ރުފިޔާއަށެވެ.

އެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ 119 ވަނަ ދުވަހުން ނިންމާ ގޮތަށެވެ. އެ މަސައްކަތުގެ ދަށުން އެ މެޝިންތައް އެ ރަށްރަށަށް ގެންގޮސް މެޝިންތައް ބަހައްޓާނެ ޝެޑުތައް ހެދުމުގެ އިތުރުން އިންސްޓޯލްކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަަމަންޓް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވީ ކުނި އަންދާ މެޝިންތައް ބެހެއްޓިނަމަވެސް ކުނީގެ މައްސަލަތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލު ހޯދައިދިނުމަށް ހިންގާ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށެވެ.

comment ކޮމެންޓް