އެކްސިޑެންޓުގައި ފިލި ކުއްޖާ ފަރުވާއަށް ހޮސްޕިޓަލަށް ދިއުމުން ފަޅާއަރައިފި

އައްޑޫ ސިޓީގައި އިއްޔެ އެކްސިޑެންޓް ހިނގި ސަރަހައްދު ފުލުހުން ބަންދު ކޮށްފައި: އެކްސިޑެންތުވުމުން ފިލި 17 އަހަރުގެ ކުއްޖާ މިހާރު ވަނީ ފެނިފައި----

ރޭ އިރުއޮއްސުނު އިރު އައްޑު ސިޓީ މަރަދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި، އެކްސިޑެންޓުވުމުން ފިލި ކުއްޖާ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔުމުން ފަޅާއަރައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވުމުން ފިލާފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އޭނާ ފެނުނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިއުމުން ކަމަށެވެ.

އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.

އެކްސިޑެންޓުގައި އަނެއް ސައިކަލު ދުއްވަން އިން 55 އަހަރުގެ ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

އަދި އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

comment ކޮމެންޓް