ރިލްވާންގެ މައްސަލަގައި މީހަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި

ރަހީނުކޮށް، މަރާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަަލައިގައި މީހަކު ހޯދުމަށް މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ވީޑިއޯއަކާ އެކު މިއަދުކުރި ޓްވީޓެއްގައި އެދިފައި ވަނީ އެ ވީޑިއޯގައި ރަތްކުލައިން ބޮޅު އަޅައި ފާހަގަކޮށްފައިވާ މީހާގެ މައުލޫމާތު އެނގޭ ފަރާތްތަކުން ކޮމިޝަނަށް މައުލޫމާތު ހިއްސާކޮށް ދިނުމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ވީޑިއޯ އިން ފެންނަ މީހާ ހޯދަމުން ދަނީ ރިލްވާންގެ މައްސަލައާ ގުޅިގެންނެވެ.

ބެލެވޭ ގޮތުގައ އެ ވީޑިއޯ ފޫޓެޖް އަކީ، މާލެގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ވީޑިއޯ ފޫޓޭޖެކެވެ. އަދި އެއީ ރިލްވާން ގެއްލުނު ރޭ ރިކޯޑް ކުރެވިފައިވާ ވީޑިއޯއެކެވެ.

ވީޑިއޯ އިން ފެންނަގޮތުގައި ރަތް ކުލައިގައި ވޭވް ސައިކަލެއްގައި އަންނަ މީހަކު ހުޅުމާޅެ ފެރީ ޓާމިނަލް ސައިކަލު ކިއުގައި މަޑުކޮށްލަ އެވެ. ބޯ ބުޅިކޮށް ހުރި އޭނާ ސައިކަލުން އައިސް، ޕާކްކޮށްލުމަށްފަހު، ޓާމިނަލް ތެރެއަށް އެއް ފަހަރު އޭނާ ވަންނަތަން ފެނެ އެވެ. އެއަށް ފަހު އަނެއްކާވެސް ސައިކަލުމަތީ ކިއު ގައި މަޑުކޮށްލައިގެން އިންނަތަން ވީޑީއޯ އިން ފެނެ އެވެ.

ރިލްވާން އެންމެ ފަހުން ފެނުނީ އޭނާ ގެއްލުނު ރޭ އޮގަސްޓް، 8، 2014 ގައި ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއިން ކަމަށް އެތާންގައި ހުރި ސީސީޓީވީ ފްޓޭޖްތަކުން ދައްކަ އެވެ.

މިއަދު ރިޔާސީ ކޮމިޝަނުން ފެރީ ޓާމިނަލް ބޭރުގެ ސީސީޓީވީ ފޫޓޭޖް އާންމުކޮށްފައިވާއިރު، މީގެކުރިން ފުލުހުން އާންމުކުރި، ޓާމިނަލްގް އެެތެރޭގައިވާ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ރިލްވާން ޓާމިނަލަށް ވަދެ، ހުޅުމާލެއަށް ދިޔުމަށް ޓިކެޓް ގަނެފައިވަނީ، ދަންވަރު 12:44 ގައެވެ. އޭރު، އެންމެ އަވަހަށް ފުރަން އޮތް ފެރީ ފުރުމަށް ހަމަޖެހިފައި އޮތީ، 1:00 ގައެވެ.

ރިލްވާނަށް ދެ މީހަކު އެރޭ ފާރަލީ ކަން ސީސީޓީވީ ފޫޓޭޖުތަކުން އެނގޭ އިރު، މިއަދު ކޮމިޝަނުން އާންމު ކުރި ވީޑިއޯ އިން ފަހާގަކޮށް ހޯދުމަށް އިއުލާން ކުރި މީހާ ޓާމިނަލް އެތެރޭގައި ވެސް ހަރަކާތްތެރިވާތަން އެތެރޭގެ ކެމެރާތަކުން ފެނެ އެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ހޯދަން އިއުލާން ކުރީ ސަސްޕެކްޓް 2 ގެ ގޮތުގައި ފާހަގަކޮށްފައިވާ މީހާ --

މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ، ޑިމޮކްރަސީ ނެޓްވޯކުން މީގެ ކުރިން ހެދި ތަހުގީގު ރިޕޯޓުން އެނގޭ ގޮތުގައި ރިލްވާން އެންމެ ފަހުން ފެނުނު ކަމުގެ ރިޕޯޓެއް އޮތީ އެ ރޭ ދަންވަރު 1:00 އާއި 1:30 އާއ ދެމެދުގައި ވަގުތެއްގައި މާލެ އިން ހުޅުމާލެއަށް ދަތުރުކުރި ފެރީއަކުން ކަމަށެވެ.

ރިޔާސީ ކޮމިޝަނުންގެ ތަހުގަށް މިހާތަނަށް އެނގިފައިވާ ގޮތުގައ ރިލްވަން ހުޅުމާލެ އަށް ދިޔުން އޭނާގެ އެޕާޓްމަންޓް ކައިރިން ގަދަކަމުން ކާރަކަށް އަރުވައި ޑިންގީއަކަށް ލައިގެން އެހެން ކަނޑު އުޅަނދަކަށް ގެންގޮސް ރަހީނުކޮށް، އެނާ ވަނީ މަރާލުމަށްފަހު، ކަނޑުފައްތާފަ އެވެ.

comment ކޮމެންޓް