ޓީޗަރަކު އަންހެން ދަރިވަރަކާ އެކު އެކަހެރިވި މައްސަލައެއް ބަލަނީ

ސްކޫލެއްގައި ކުދިންތަކެއް --

އައްޑޫ ސިޓީ ސްކޫލެއްގެ ޓީޗަރަކާއި އޭނާގެ ދަރިވަރު ކޮޓަރިއެއްގެ ތެރޭގައި އެކަހެރިވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ބިދޭސީ ޓީޗަރަކާއި އޭނާ ކިޔަވައިދެމުން ދިޔަ އަންހެން ދަރިވަރަކު އެކަހެރިވެ ކޮޓަރިއެއްގެ ތެރޭގައި ތިބި ކަމަށް ބުނެ ފުލުހަށް މައްސަލައެއް ހުށަހެޅި ކަމަށެވެ. އަދި އެކަމާ ގުޅުގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކަށަވަރުވެފައިވާ ގޮތުގައި، އެ ހާދިސާ ހިނގީ އައްޑޫގަ އެވެ.

comment ކޮމެންޓް