ހުޅުމާލެ ބީޗުގައި ފާހާނާ ބަރިއެއް ހަދައިފި

ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދުގައި ހެދި ފާހާނާ ބަރި -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ފަތާ ޓްރެކް ސަރަހައްދުގައި އާންމު ފާހާނާ ބަރިއެއް ހަދައިފިއެވެ.

މި ފާހާނާބަރި މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ މި ފާހާނަ ބަރީގައި އަންހެނުންނާއި، ފިރިހެނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ފާހާނާ ހުންނާނެ ކަމަށެވެ.

ހަމައެއާއެކު ފާހާނާ ބަރީގެ ބޭރުގައި ފެން ވެރޭނެ ވަސީލަތްތައް ވެސް ވަނީ ގާއިމުކޮށްފައެވެ.

ހުޅުމާލޭ ބީޗު ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ކުރުމަށް އެތަނުގައި ބެންޗު ޖަހައި، ބީޗަށް ގޮސް މަޑުކޮށްލައިގެން ތިބެވޭނެ ފަސޭހަ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް