ޕްލާސްޓިކާ ދުރުވުމަށް ޖޭއެސްސީން ބިއްލޫރި ފުޅި ބޭނުންކުރަން ފަށައިފި

ޖޭއެސްސީން ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރުވުމުގެ ގޮތުން ބިއްލޫރި ފުޅި ބޭނުން ކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޖޭއެސްސީ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންނާއި މުވައްޒަފުންނަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްފި އެވެ.

ޖޭއެސްސީގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ކޮމިޝަނުގެ މެންބަރުންނަށާއި މުވައްޒަފުންނަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްދެއްވީ އެ ކޮމިޝަނުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދަށް ފުޅި ހަދިޔާ ކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ދުރުވުމުގެ ގޮތުން ސަރުކާރުން ވަނީ ބޮޑު ކެމްޕެއިނެއް ވެސް ފަށާފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރ ދެވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އެ އޮފީހުގައި އެ ޕްރޮގްރާމް ފައްޓަވައިދެއްވާފަ އެވެ. އޭގެ ފަހުން ސަރުކާރުގެ މިނިސްޓްރީތަކާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިނިވަން މުއައްސަސާތަކުންނާއި އަމިއްލަ އޮފީސްތަކުން ވެސް ވަނީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކާއި ދުރުވުމުގެ ގޮތުން ބިއްލޫރި ފުޅި ބޭނުން ކުރަން ފަށާފަ އެވެ.

comment ކޮމެންޓް