ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗްރަލް ސެންޓަރު (ސޯސަންވިލާ) ގައި މިމަހުގެ 20 ވާ ހުކުރު ދުވަހުން ފެށިގެން އަލުން ހުކުރު ކުރަން ފަށާނެ ކަމަށް އެމްއީސީސީ އިން ބުނެފި އެވެ.
އެ ސެންޓަރުން ނެރުނު އިއުލާނެއްގަިއ ބުނީ 20 ސެޕްޓެމްބަރު ވާ ހުކުރު ދުވަހުން ފެށިގެން އެ ސެންޓަރުގައި ހުކުރު ކުރާނެ ކަމަށެވެ.
އެމްއީސީސީގައި މީގެ ކުރިންވެސް ހުކުރު ކުރި އެވެ. ނަމަވެސް އޭޕްރީލްމަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެ ސެންޓަރުގައި ހުކުރު ކުރުން އޮތީ ހުއްޓާލައިފަ އެވެ. އެ ހަމަލާ ދިނުމުގެ ކުރިން ސޯސަންވިލާގައި ހުކުރު ކުރަމުން ގޮސްފައިވަނީ ދިވެހި ހުތުބާ އާއެކުއެވެ.
ފިތުރު އީދާއި އަލްހާ އީދު ނަމާދުވެސް ސޯސަންވިލާގައި ދިވެހި ހުތުބާ އާއެކު ކުރެއެވެ. އެންމެ ފުރަތަމަ އެ ސެންޓަރުގައި ހުކުރު ކުރީ 2017 ވަނަ އަހަރު އެވެ.
comment މޯދީ
6 year 7 month ago
ބުދުދީނުގެ ގައުމުތަކުގައި މުސްލިމުން ނަމާސުކޮށް ހުކުރުކުރަންވީ، މުސްލިމުގައުމުގައި ބުދުދީނުގެ މީހުންނަށް އަޅުކަމެއްނުކުރެވޭ!
comment ރިނީ
6 year 7 month ago
އަޅެފަހެ ދިވެހިން މީ ވަކިވެގަންނަން އުޅޭ ބައެއްތަ. ބޮޑެތި މިސްކިތްތައް ލަންކާގާ ހުންނައިރު ލަންކާގެ މުސްލިމުންނާ އެކު ހުކުރަށް އެރުން ހަމަގައިމުވެސް މާ މޮޅު އިތުރުވެގެންވޭ. އޭރުން ގުޅުން ބަދަހި ކުރުމަށްވެސް ލިބޭ ފުރުސަތަކަށް ވޭ.