ޒުވާނުން ބިނާކުރުމަށް ޕޮލިޓެކްނިކާއި ޝީޝާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމަކީ ޝީޝާ އަށް ބޭނުންވާ ފަންނީ މުވައްޒަފުން ބިނާކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ. އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކުން ކިޔަވާ ދަރިވަރުންނަށް އިންޑަސްޓްރިއަލް އެކްސްޕީރިއަންސް ހޯދައިދޭނެ އެވެ.
މީގެ އިތުރުން ޕޮލިޓެކްނިކްގެ ކެމްޕަސްތަކުގައި ކިޔަވާދަރިވަރުންނަށް ދޭ ހިދުމަތްތައް ފުޅާކޮށް ވަޒީފާ ހޯދުމަށް ޝީޝާ އިން އެހީދޭނެ އެވެ.
މިއާއެކު ޕޮލިޓެކްނިކްގެ ގްރެޖުއޭޓުންނަށް ޝީޝާގައި މަސައްކަތް ކުރުމުގެ ޖާގަ އޮތް މިންވަރަކުން ދޭނެ އެވެ.
އަދި ޕޮލިޓެކްނިކްގައި ކިޔަވައިދޭ ޝީޝާގެ މަސައްކަތާ ގުޅޭ ކޯސްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އިކުއިޕްމެންޓާއި އެހެނިހެން އާލާތްތައް ހޯދުމަށް ޝީޝާގެ ވަސީލަތްތައް ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.