ބައިލައްކައަށް ވުރެ ގިނަ ބަނގުރާފުޅި ނައްތާލައިފި

ބަނގުރާ ނައްތާލުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމްސް

ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސްގެ ބެލުމުގެ ދަށުގައި ހުރި ބައި ލައްކައަށް ވުރެ ގިނަ އަދަދެއްގެ ބަނގުރާ ފުޅި އާއި އެހެން ވެސް ޒާތުގައި ތަކެތި ނައްތާލައިފި އެވެ.

މި ތަކެތި ނައްތާލާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާތަކުގެ ހާޒިރުގަ އެވެ.

ނައްތާލެވުނު ތަކެތީގެ ތަފްސީލު:

  • 51،612 ބަނގުރާފުޅި - 19،785.15 ލީޓަރު
  • 782 ބަނގުރާ ޕެކެޓް - 2،460 ލީޓަރު
  • 3 ބަނގުރާ ދަޅު - 0.99 ލީޓަރު

ކަސްޓަމްސް އިން ބުނީ، މި ތަކެތި ނައްތާލާފައިވަނީ، ކަސްޓްމަސްގެ އާންމު ގަވައިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މައްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ.

އެކި އެކި ސަބަބުތަކާ ހުރެ، ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫކުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވައިދުގައި ވެސް ބަޔާންކޮށްފައިވެ އެވެ.

comment ކޮމެންޓް