ރަށްރަށުގައި ހުރި ދުވަސްވީ ކުނި ނަގާނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށީ ކުނިކޮށި -- ފައިލް ފޮޓޯ؛ ކުޅުދުއްފުށީ އޮންލައިން

ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ޖަމާވެ، ނުނެގި ގިނަދުވަސް ވެފައި ހުރި ކުނިތައް ނަގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެ ގިނަދުވަސްވެފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކުރާކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މަސައްކަތަށް ކުރިމަތިލިވޭނީ ދިވެހި ކުންފުނިތަކަށް ކަމަށް އިއުލާނުގައިވެ އެވެ.

ފިނޭންސް ގެ އިއުލާނުގައި ބުނީ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ދައްކަން ޖެހޭކަމަށެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ފިނޭންސް އަށް ގުޅައިގެން ނުވަތަ އީމެއިލްކޮށްގެން ލިބޭނެކަމަށް އިއުލާނުގައި ވެއެވެ.

ރަށްރަށުގެ ކުނި ނަގައި މެނޭޖު ކުރުމުގެ މަސައްކަތް ކުރަނީ ރަށު ކައުންސިލުން ހަވާލުކުރާ ބަޔެކެވެ. ބައެއް ސަރަހައްދުތަކުގައި ވެމްކޯ އިން އެ މަސައްކަތްކުރާއިރު ގިނަ ރަށްރަށުގައި އެ މަސައްކަތްކުރަނީ ބިދޭސިން ބައިވެރިކޮށްގެން އަމިއްލަ ފަރާތްތަކުންނެވެ.

comment ކޮމެންޓް