ފެލިދޫ ކައުންސިލް މެންބަރަކު އިސްތިއުފާ ދެއްވައިފި

ވ ފެލިދޫ ކައުންސިލްގެ އިދާރާ--- ފޮޓޯ: ފޭސްބުކް

ވ. ފެލިދޫ ކައުންސިލްގެ ރައީސް އަދި މެންބަރު އަލީ އިސްމާއިލް މުހައްމަދު ކައުންސިލަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަލީ އިސްމާއިލް މިއަދު "ސަން" އަށް ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލްގެ ރައީސްކަމުގެ މަގާމުންނާއި ކައުންސިލަރުކަމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.

އިސްތިއުފާދެއްވީ އަމިއްލަ ސަބަބަކާ ހުރެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަމިއްލަ ދިރިއުޅުން އެހެން ތަނަކަށް ބަދަލު ކުރުމަށް ކައުންސިލުން ްއިސްތިއުފާ ދިނީ. އެހެން އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އާބާދީގައި 668 މީހުން އުޅޭ ފެލިދޫ ކައުންސިލުގައި މިހާރު ތިއްބަވާނީ ނައިބުރައީސް އަލީ ރަޝީދާއި ކައުންސިލް މެންބަރު އަލީ ނައީމް އެވެ.

comment ކޮމެންޓް