ސްޓެލްކޯއަށް 70 އަހަރު ފުރުމާގުޅިގެން ހާއްސަ ލޯގޯއެއް

ސްޓެލްކޯ އަށް 70 އަހަރު ފުރުމާ ގުޅިގެން މިއަދު ތައާރަފުކުރި ލޯގޯ -- ސަން ފޮޓޯ :އަހުމަދު އަވްޝަން އިލްޔާސް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް 70 އަހަރު ފުރުމާގުޅިގެން ހާއްސަ ލޯގޯއެއް ތައާރަފުކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ލޯގޯ އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއާއި ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރުންނެވެ.

މެނޭޖިން ޑިރެކްޓަރު މުޣުނީ ވިދާޅުވީ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ސްޓެލްކޯ އިން ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"14ކިލޯވޯޓްގެ ޖެން ސެޓަކުން ފެށި ހިދުމަތް ފުޅާވެ މިއަދު ޓޯޓަލް ކެޕޭސިޓީ މިވަނީ 160 މެގަވޯޓްގެ ޓޯޓަލް ކެޕޭސިޓީ މިވަނީ އިންސްޓޯލް ކޮށްފައި،" މުޢުނީ ވިދާޅުވިއެވެ.

"ޑީސަލް އަދި ފޮސިލް ފިއުލް ބޭނުންކޮސްގެން އުފެއްދި ހަކަތަ، ސޯލާގެ ޒަރިއްޔާއަށް ބަދަލުކުރަން ވަނީ ނިންމާފައި. ސްޓެލްކޯގެ މުވައްޒަފުންނާއި އިންޖިނިއަރުން ތަމްރީނުކުރުމަށް މިދަނީ މަސައްކަތް ކުރަމުން،"

މުޣުނީ ވިދާޅުވީ ސްޓެލްކޯ އިން ދޭ ހިދުމަތްތައް ޓެކްނޮލަޖީ މެދުވެރިކޮށް ދޭން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އަންނަ އަހަރު ސްމާޓް މީޓަރިންގެ ހިދުމަތް ތައާރަފު ކުރާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

comment ކޮމެންޓް