އަހަރުގެ އައިފާ އެވޯޑްސް މި މަހު 17ގައި!

ކުރިން ބޭއްވި އައިފާ އެވޯޑްސް ހަފްލާގެ ތެރެއިން----

މިއަހަރުގެ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކެޑަމީ (އައިފާ) އެވޯޑްސް، އިންޑިއާގައި ބާއްވާ ގޮތަށް ހަމަޖައްސައި އެވޯޑު ހަފްލާ މި މަހު 17 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއީ އައިފާ އެވޯޑު ކުރިއަށް ގެންދާތާ 20 ވަނަ އަހަރެވެ. އެކި ގައުމުތަކުގައި ބާއްވަމުން އެ އެވޯޑު ހަފްލާއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ތަފާތު ގިނަ އެވޯޑުތަކެއް ދޭ ހަފްލާއެވެ.

އިންޑިއާގެ މުމްބާއީގައި އެވޯޑު ހަފްލާ ބާއްވާނެކަން ވިޒްކްރާފްޓުން އިއުލާންކޮށްފައި ވާއިރު ވިޒްކްރާފްޓުން ބުނީ މިފަހަރުގެ އެވޯޑު ހަފްލާ ވަކިން ބޮޑަށް ހާއްސަވެގެންދާނެ ކަމަށެވެ. އެއީ މި އަހަރަކީ އައިފާ އެވޯޑްސް ފުރަތަމަ ފަހަރަށް އިންޑިއާގައި ބާއްވާ ފަހަރުކަމުންނެވެ.

މި އަހަރު ބާއްވާ އައިފާ އެވޯޑު ހަފްލާ މިހާރު ރަސްމީކޮށް ލޯންޗްކޮށްފައިވާއިރު ބޮލީވުޑްގެ ބައެއް ތަރިން އެ ހަފްލާގައި ބައިވެރިވެފައިވެއެވެ.

އައިފާ އެވޯޑުގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޑިއަން ސިނަމާ ޕްރޮމޯޓުކުރުން ކަމުގައި ވީނަމަވެސް، ހޮލީވުޑް ފިލްމުތަކުގެ އަގު ވަޒަންކޮށް، އިންޑިއާގައި އެއާ ކުރާ ވެބް ސީރީޒްތަކުގެ އަގު ވަޒަންކުރުމަކީ އައިފާ އެވޯޑުގެ ބައެއް އިތުރު މަގުސަދުތައް ކަމަށްވެސް އައިފާ އިންތިޒާމުކުރާ ފަރާތުން ވަނީ މީގެ ކުރިން ބުނެފައެވެ.

މިދިޔަ އަހަރުގެ އައިފާ އެވޯޑު ބޭއްވީ ތައިލެންޑްގެ ބެންކޮކްގައެވެ.

މިދިޔަ އަހަރުގެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ ފިލްމު "މޮމް"އިން ސްރީދޭވީއަށެވެ. އަދި އެންމެ މޮޅު ބަތަލަކަށް ފިލްމު "ހިންދީ މީޑިއަމް"އިން އިރުފާން ހާން ހޮވުނެވެއެވެ.

މިދިޔަ އަހަރު ބޭއްވި އެވޯޑުގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ވިދްޔާ ބާލަން ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު "ތުމްހާރީ ސުއްލޫ"އެވެ. މި އަހަރުގެ އައިފާ އެވޯޑު ނޮމިނޭޝަންތައް ވަރަށް އަވަހަށް އިއުލާންކުރާނެއެވެ.

comment ކޮމެންޓް