ބާރުތައް ވަކިވެފައި އޮތް ނިޒާމް ގެއްލިއްޖެ: ޖަމީލް

ޖޫން 20، 2019: ޖޭއެސްސީ އިން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަތަހުގީގު އަޑުއެހުުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގާނޫނު އަސާސީގެ ދަށުން ބާރުތައް ވަކިވެފައި އޮންނަ އޮތުން ނިމި އެ ނިޒާމް ގެއްލިފައިވާ ކަމަށް ކުރީގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް އެފަދައިން ވިދާޅުވި އިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ދަށަށް ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުން ބޮޑު އަގުލަބިއްޔަތަކަުން ފާސްވެފައިވާ އިރު، އެ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތަސްދީގު ވެސް ކުރައްވައިފަ އެވެ.

އެ އިސްލާހަށް ފާޑު ވިދާޅުވެ ޖަމީލް ކުރެއްވި ޓުވީޓުގައި ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.

"މިއީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއެޅި، ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއް.. ޤާނޫނުއަސާސީ ގެ 7 މ އިން ޤާއިމްކޮށްފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ހިނގައްޖެ." ޖަމީލް ވިދާޅުވި އެވެ.

އަލަށް ގެނައި އިސްލާހާ އެކު "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން"ގެ ނަމުގައި އާ އިދާރާއެއް ވެސް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެވޭ ޢުމުރުވެސް ވަނީ 30 އަހަރަށް މަތިކޮށްފަ އެވެ.

comment ކޮމެންޓް