ޓްރީ ޓޮޕްގެ މުވައްޒަފުން ކާނާ ވިހަވި މައްސަލައެއް ފެންމަތިވެއްޖެ

ޓްރީޓޮޕް ހޮސްޕިޓަލް -- ފޮޓޯ: ޓްރީޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުވައްޒަފުން ކާނާ ވިހަވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ހާދިސާ ހިނގައިފައިވަނީ މިދިޔަ ހަފްތާގައެވެ. އަދި ކާނާ ވިހަވެފައިވަނީ އެރޭ އެ ހޮސްޕިޓަލްގެ ނައިޓް ޑިއުޓީގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ތަކެކެވެ.

ޓްރީ ޓޮޕްގެ ބިޒްނަސް ޑިވޮލޮޕްމަންޓް ޑިރެކްޓަރު އިބްތިޝާމާ އަހުމަދު ސައީދު "ސަން" އަށް ވިދާޅުވީ ކާނާ ވިހަވި މުވައްޒަފުންގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

އަދި އެ ކެންޓީނުގެ ކޮންޓްރެކްޓް ބާތިލްކޮށްފައިވާ ކަމަށްވެސް އިބްތިޝާމާ ވިދާޅުވއިެވެ.

އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެ ހޮސްޕިޓަލުން ނުދެއެވެ.

ރާއްޖޭގައި އާންމުކޮށް ލިބެން ނުހުންނަ ގިނަ ހިދުމަތްތައް ތަޖުރިބާކާރު ޑޮކްޓަރުންނާ އެކު ޓްރީޓޮޕުން ދަނީ ފޯރުކޮށްދެމުންނެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލް ގައި އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާއެކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެ އެވެ. މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް، ޓެސްޓުތަކާއި ސްކޭންތައް ހެދޭނެ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ވަނީ ގާއިމްކޮށްފަ އެވެ.

comment ކޮމެންޓް