ކާރެއް ކޮންޓްރޯލް ނުވެގޮސް މޫދަށް ވެއްޓިއްޖެ

ގދ. ތިނަދޫގައި ކާރެއް ކޮންޓްރޯލް ނުވެގޮސް މޫދަށް ވެއްޓިފައި--- ފޮޓޯ: ޕޮލިސް މީޑިއާ

ގދ. ތިނަދޫގައި ކާރެއް ކޮންޓްރޯލް ނުވެގޮސް މޫދަށް ވެއްޓިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގައިފައިވަނީ ތިނަދޫ އިރު އުތުރު ފަރާތު ހިއްކި ސަރަހައްދުގައި މިއަދު ހަވީރު 16:17 ގައި ކަމަަށެވެ.

އެ ހާދިސާ ހިނގިއިރު އެ ކާރުގައި ދެ މީހުން ތިބި ކަމަށާއި ކާރުދުއްވަން އިން 18 އަހަރުގެ ފިރިހެން މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ ކާރު ރިވާސްގައި ބައިންދާފައި އޮޅިގެން ބްރޭކް ޕެޑެލް ކަމަށް ހީކޮށް ރޭސް ޕެޑަލްއަށް އޮބާލެވުމުން ކަމަަށެވެ.

އެ ކާރު މިހާރު ވަނީ މޫދުން ނަގައިފައެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

comment ކޮމެންޓް